ހަބަރު

ހިޔާލު ތަފާތުވުން އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރަން ކައުންސިލަރުންނަށް އުމަރު ގޮވާލައްވައިފި

May 31, 2015
1

ސިޔާސީ ގޮތުން އޮތް ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ގައުމު ބިނާ ކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރަން ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ކައުންސިލަރުންގެ ކިބައިން އެދި ވަޑައިގެންފި އެވެ.

ޓްވީޓް ކުރައްވާ އެ މަނިކުފާނު ވިދާޅުވީ ގައުމުގެ ކަންކަން ބިނާ ކުރުމުގައި އެކުގައި ބައިވެރިވާން  ހުރިހާ ކައުންސިލަރުން ކިބައިން އެދި ވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު، އަދި އެލްޖީއޭގެ ރައީސް މިހެން ގޮވާލެއްވި އިރު ބައެއް ކައުންސިލަރުން އެލްޖީއޭއިން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެއީ މިނިވަންކަމަށް 50 އަހަރު ފުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ބައެއް ކައުންސިލްތަކުން ވަނީ ނިންމުމާ ގުޅިގެނެވެ.