ހަބަރު

ކުޑަ އަންހެންކުއްޖަކާ އެކު ދުވަސްމަތިން ގަދަކަމުން ބެހުނު ފަސް މީހަކު ހައްޔަރު ކޮށްފި

May 31, 2015

ކުޑަ އަންހެންކުއްޖަކާ އެކި ދުވަސް މަތިން ގަދަކަމުން ބަދުއަހުލާގީ ޢަމަލު ހިންގި ފަސް މީހަކު އައްޑޫ ސިޓީން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިދިއަ އަންގާރަ ދުވަހު އައްޑޫ ސިޓީ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މި މައްސަލައަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 81 އަހަރުގެ ފިރިހެނަކާއި 77 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިޔަށް ގެންދާ ގޮތަށް ކޮންމެ މީހަކަށްވެސް 15 ދުވަހުގެ ބަންދުގެ މުއްދަތު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ.

އުމުރުން އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި އަންހެންކުއްޖާގެ ޢާއިލާގެ ބައެއް މެމްބަރުން ވެސް ހިމެނެއެވެ.