overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާ ފައިސަލް ބައްދަލުކޮށް މަޝްވަރާކޮށްފި

Jul 17, 2018
2

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ބައްދަލު ކުރައްވާ އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

ފައިސަލް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިންގެ ރެޕްރެޒެންޓޭޓިވްސްއާ ބައްދަލު ކުރައްވައި އެފަރާތްތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގަ އެވެ.

ފައިސަލްއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންދާ ޑރ. ހުސެއިން ރަޝީދާއި އެޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެފައި ވެއެވެ.

ކުނޫޒްގައި މިރޭ ބޭއްވި ބައްދަލުވުމަށްފަހު ފައިސަލް ވިދާޅުވީ، މިހާރު ހުރި ޗެލެންޖެސް ތަކާއި ދިމާވާ ދަތިތަކާއި އެދަތިތައް ނައްތާލުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވި ވާހަކަ ދެކެވުނު ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން މިދެނީ އެެސެކްޓާގެ ކަންތައްތައް ވަރަށް ގާތުން އެންމެ މުހިންމުކަން ދީގެން ބަލާނެ ކަމަށް" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ ޅަފަތުގަ ނުކުޅެދުންތެރިކަން ހުންނަ ކުދިން އައިޑެންޓިފައި ކުރެވި، އެހިސާބުން ފެށިގެން ދެވެންޖެހޭ އެޑިއުކޭޝަންތަކާއި ތެރަޕީތައް ދިނުމާއި ތަފާތު އެކި މަސައްކަތްތައް ދަސްކޮށްދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށެވެ.

"މިކަމުގައި ޕޭރެންޓުންވެސް އެންމެބޮޑަށް ބޭނުންވާނީ އެކުއްޖާގެ އެހުންނަ މިންވަރަކުން އެކުއްޖާއަށް މަސައްކަތްތަކެއް ދަސްކުރެވި ސަސްޓެއިނަބަލް ގޮތެއްގައި އެކަން ކުރިއަށް ގެންދިއުން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭ ގޮތުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބަލައި މެނިފެސްޓޯ އިތުރަށް ހަރުދަނާ ކުރާނެ ކަމަށެވެ.