overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އީސީގެ ނިންމުމުން 10 ޕަސެންޓް މީހުންނަށް ވޯޓްލުމުގެ ހައްގު ގެއްލޭނެ: އަދާލަތު

ކުރިޔަށްއޮތް ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަނބުރާ އިޔާދަ ކުރުމަށާއި އެހެން ނޫން ނަމަ ވޯޓްލާ އާބާދީގެ 10 ޕަސެންޓް މީހުންނަށް ވޯޓްލުމުގެ ހައްގު ގެއްލިދާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ގައުމުގެ އާބާދީގެ އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ، މެދުފަންތީގެ މަސައްކަތްތެރިން ކަމަށާއި، ދައުލަތް ހިންގުމަށް ބޭނުންވާ ޓެކްސް ފައިސާ، ސީދާގޮތުންނާއި ނުސީދާގޮތުން ބިނާ ވަނީ މަސައްކަތްތެރިން އަދާކުރާ ދައުރުގެ މައްޗަށް ކަމަށެވެ. އަދި އެފަދަ މުހިންމު ބައެއްގެ ވޯޓްލުމުގެ ހައްގު ގެއްލޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް ވެސް އަދާލަތު ޕާޓީ އިން ބުންޏެވެ.

"އިލެކްޝަންސްގެ އެ ނިންމުމުގެ ސަބަބުން ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް 10 ޕަސެންޓް ރައްޔިތުންގެ ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ ކަމުގެ ބިރުއެބައޮތް. އެހެން ކަމުން އިލެކްޝަންސްގެ އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނީ، މާލީގޮތުން ވަކިވަކި އާއިލާތަކުގެ ބަލަދުވެރިންނަކީވެސް، މަސައްކަތްތެރިން ކަމަށްވާއިރު، އެ ފަރާތްތަކުގެ ބަސް ދައުލަތުގެ ސިޔާސަތު ކަނޑައެޅުމުގައި ހިމެނިފައި އޮތުމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމުގައި ދެކޭކަމަށާއި އެކަން ހަނި ކުރެވޭނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށެވެ.

"އިލެކްޝަންސްގެ ނިންމުމުގެ ސަބަބުން ވަޒީފާ އަދާކުރާ އާބާދީގެ 15 އިންސައްތަ މަސައްކަތްތެރިންގެ ވޯޓުދިނުމުގެ އަސާސީ ހައްގު ގެއްލިގެންދާނެ. ގައުމުގެ ބޮޑެތި ކަންކަން ނިންމުމުގައި ޒުވާނުންގެ ހިއްސާ ނެތުމަކީ އެއްގޮތަކަށްވެސް ވެގެންވާނެ ކަމެއް ނޫން،" ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންތިހާބުގައި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށްވެސް ވޯޓު ދިނުމުގެ ހައްގު ކަށަވަރު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ އެ ނިންމުން ބަދަލުކުރުމަކީ ކޮންމެހެންވެސް ލާޒިމް ކަމެއް ކަމަށެވެ. އަދި އީސީގެ އެ ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް އޮތް ތާއިދު ދަށްވެފައިވާ ދަނޑިވަޅެއްގައި، މި ސަރުކާރުން އަލުން އިންތިހާބު ކުރުމަށްޓަކައި، ނަތީއްޖާއަށް ބޮޑު ފަރަގެއް ގެނައުމަށްޓަކައ އެޅި ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށްވެސް އަދާލަތުން ވަނީ ބުނެފަ އެވެ.