overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރަނިންމޭޓްގެ ގޮތުގައި ފައިސަލް އެމްޑީޕީއިން ރަސްމީކޮށް ބަލައިގެންފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓްގެ ގޮތުގައި ޖުމްހޫރީ ޕާޓީއިން ދެއްކި ރަނިންމޭޓް ފައިސަލް ނަސީމް ބަލައިގަތުމަށް އެމްޑީޕީއިން ރަސްމީކޮށް ނިންމައިފި އެވެ.

އެގޮތަށް ނިންމީ މިއަދު ހަވީރު އެމްޑީޕީއިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. ސޯލްޓް ކެފޭގައި ކުރިއަށްދިޔަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރަނިންމޭޓްގެ ގޮތުގައި ފައިސަލް ނަސީމް އެންޑޯސްކުރުމަށް ގަރާރު ހުށަހެޅުއްވީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

ފައިސަލް އެންޑޯސްކުރުމަށް ޝިފާޒު ހުށަހެޅުއްވައި އެމްޑީޕީގެ ޕްރޮވިންސް ރައީސް މުހައްމަދު ޝިހާބު ތާއިދު ކުރެއްވި ގަރާރު މިއަދުގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިބޫ ވެސް ބައިވެރިވަޑައިގަތް ގައުމީ މަޖިލީހުގެ ޖަލްސާގައި ފައިސަލް ރަނިންމޭޓްގެ ގޮތުގައި ބަލައިގަންނަން ނިންމިއިރު އިބޫ ވަނީ ފައިސަލްއާއެކު ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ.

އިދިކޮޅު ޕާޓީތަކުން އެއްބަސްވެފައިވަނީ ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކާއި އެއް ރަނިންމޭޓަކު ނެރުމަށެވެ. ކެންޑިޑޭޓް ނެރުމަށް އެމްޑީޕީއަށް ފުރުސަތު ދިންއިރު ރަނިންމޭޓް ކަނޑައަޅަން ފުރުސަތު ދިނީ ޕާޓީތައް އެއްބަސްވެގެން ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީން ފައިސަލް ރަނިންމޭޓް ކަމަށް ހޮވީ ކައުންސިލްގައި ނެގި ސިއްރު ވޯޓަކުންނެވެ.