overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސަރުކާރާ އެކު މަޝްވަރާއަށް ދެވޭނެ މާހައުލެއް ނެތް: އިބޫ

Jul 18, 2018
3

މަޝްވަރާ ކުރުމަށް ސަރުކާރުން ކިތަންމެ ވަރަކަށް ދައުވަތު ފޮނުވި ނަމަވެސް، އެކަން ކުރުމުގެ އެއްވެސް މިންވަރެއްގެ އިހުލާސްތެރި ކަމެއް އަދި އެފަދަ މާހައުލެއް ވެސް ސަރުކާރުން މަގުފަހިކޮށް ނުދޭ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ރީރަޖިސްޓްރޭޝަންގެ ކަންތައްތައް ފެށުމަށް އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން މީޑިއާއާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، މަޝްވަރާއަށް އެދި ސަރުކާރުން ފޮނުވި ސިޓީއަށް އެމަނިކުފާނު މިއަދު ސަރުކާރަށް ޖަވާބު ދީފައިވާނެ ކަމަށެވެ. އިބޫ ވިދާޅުވީ އެމަނިކުފާނަށް އެކަނި ސަރުކާރާ މަޝްވަރާ ނުކުރެވޭނެ ކަމަށާއި އެމަނިކުފާނަކީ އިދިކޮޅު ހުރިހާ ޕާޓީތަކެއްގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. އެހެން ކަމުން ސިޔާސީ މަޝްވަރާތައް ޕާޓީތަކުގެ ލީޑަރުންނާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދިޔުމަށް ފެނިވަޑައިގަންނަވާ ކަމަށް ސަރުކާރަށް ދަންނަވާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕާޓީތަކުގެ ލީޑަރުންނާއި ސިޔާސީ ފަރާތްތައް ޖަލުގައި ބައިތިއްބާހާ ދުވަހަކު ސިޔާސީ މަޝްވަރާތައް ފެށޭނެ މާހައުލެއް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. މަޝްވަރާތަކަށް އިހުލާސްތެރިކަމެއް ސަރުކާރުގައި އޮތް ނަމަ އިދިކޮޅު ސިޔާސީ ބޭފުޅުން ޖަލުން ދޫކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވަކި ފަރާތަކަށް ނުޖެހޭ ބޭރުގެ ފަރާތެއްގެ މެދުވެރިވުމެއް ނެތި ސަރުކާރާ އެކު ވާހަކަތައް ދައްކައި މަޝްވަރާ ކޮށްގެން ނިކުންނާނެ ނަތީޖާއެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މިގޮތަށް ކަންކަން އޮއްވާ ކުރާ މަޝްވަރާއަކުން ނަތީޖާއެއް ނުކުމެދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މަޝްވަރާގެ މާހައުލެއް ސަރުކާރުން ފަހިކޮށެއް ނުދޭ،" އިބޫ ވިދާޅުވި އެވެ.

ރައީސްގެ މަންދޫބެއްގެ ގޮތުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވަނީ، އިބޫއަށާއި ފައިސަލް ނަސީމަށް ތަކުރާރުކޮށް މަރުހަބާ ވިދާޅުވެ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަޝްވަރާތައް ފެށުމަށް ދައުވަތު ދެއްވައިފަ އެވެ. އެހެން ނަމަވެސް ޕާޓީތަކުން އަދި އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ.