ހަބަރު

ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

Jun 1, 2015

ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން ކަމަށާއި ދެވަނަ މީހާ ހައްޔަރު ކުރީ އަންގާ ދުވަހުގެ ރޭ ހުޅުމާލެ ޕެޓްރޯލް ސެޑް ކައިރިން ސައިކަލެއް ދުއްވާފައި ދިޔައިރު އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށެވެ.