overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަރިކަލުންގެ ގްރެޖްއޭޝަނަށް އިބޫ ޔޫކޭއަށް ވަޑައިގެންފި

Jul 18, 2018
2

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިނގިރޭސި ވިލާތަށް ވަޑައިގެންފި އެވެ.

އިބޫގެ ކެމްޕޭން ޓީމުން މިއަދު ބުނީ އިބޫ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެމަނިކުފާނު ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށް ކަމަށް ވެސް ކެމްޕޭން ޓީމުން ބުންޏެވެ. އެދަތުރުފުޅަކީ އިބޫގެ ދަރިކަލެއްގެ ގްރެޗުއޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ އަމިއްލަ ދަތުރުފުޅެއް ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.

އިބޫގެ އެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ވަނީ ކެމްޕޭން ކުރެއްވުމަށް އައްޑޫ އަދި ފުވައްމުލަކަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރަށް ކުރަންޖެހޭ އަމިއްލަ ދަތުރެއްގައި ދެ ތިން ދުވަހަކަށް ބޭރަށް ފުރަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އިބޫ އިއްޔެ ވިދާޅުވީ އެމަނިކުފާނު އަމިއްލަ ދަތުރުފުޅެއްގައި ބޭރަށް ވަޑައިގަންނަވަން ޖެހުނު ނަމަވެސް، ރިޔާސީ ކެމްޕޭން ނުހުއްޓޭނެ ކަމަށެވެ. އަދި ކެމްޕޭން ޓީމްތަކުން މާލެ އާއި އަތޮޅުތަކުގައި ކެމްޕޭން ހިންގަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހަފްތާގަ އެވެ. އިބޫ ވިދާޅުވީ ރާއްޖެ ވަޑައިގެން މަޑު ނުޖެހި ވަގުތުން ކެމްޕޭން ދަތުރުތަކުގައި އަތޮޅުތަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވަމުން އަންނަނީ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ވޯޓް އޮޅުވާލައްވަން ރައީސް ޔާމީން ކިތަންމެ މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ކާމިޔާބު ނުވާ ވަރަށް ރައްޔިތުންގެ ތާއީދު އެބަ އޮތް ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުން އެވެ.