ކުޅިވަރު

ގޯޑިން ޔުވެންޓަސްގެ ވިއްކާލަން އެތުލެޓިކޯ އެއްބަހެއް ނުވި

އެތުލެޓިކޯ މެޑްރިޑްގެ އުރުގުއޭގެ ޑިފެންޑަރު ޑިއޭގޯ ގޯޑިން ގަތުމަށް، ޔުވެންޓަސްއިން ހުށަހެޅި ބިޑަށް އެތުލެޓިކޯއިން ނޫނެކޭ ބުނެފި އެވެ.

ގޯޑިން،32 ހޯދުމަށް ޔުވެންޓަސްއިން ހުށަހެޅި ހުށަހެޅުމުގައި ވަނީ އޭނާ އަށް އަހަރަކު 4.5 މިލިއަން ޔޫރޯ ދިނުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ގޯޑިން ދޫކޮށްލާކަށް އެތުކެޓިކޯ އިން ބޭނުމެއް ނުވެ އެވެ.

އެތުލެޓިކޯއިން ވަނީ ގޯޑިންގެ އެއްބަސްވުން އިތުރު ކުރުމަށް ހުށަހަޅާފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ އެޖެންޓް ވަނީ ގޯޑިން އެއްބަސްވުން އާ ކުރަން އޭނާ އެއްބަސް ވެފައިވާ ކަމަށް ބުނެފަ އެވެ.

ޔުވެންޓަސްއިން ޑިފެންޑަރަކު ހޯދަނީ، އެޓީމުގެ ޒުވާން ޑިފެންޑަރު ޑެނިއަލް ރުގާނީ ޗެލްސީއަށް ބަދަލުވާން އުޅޭތީ އޭނާގެ ބަދަލުގަ އެވެ. ރުގާނީ ޓްރާންސްފާ އާ މެދު ޗެލްސީ އާއި ޔުވެންޓަސްއާ ދެމެދު މިހާރު ވަނީ އެއްބަސް ވުމަކަށް އާދެވިފަ އެވެ.

އެތުލެޓިކޯ މެޑްރިޑުން ޔުވެންޓަސްއާ އެކު އެންމެ ފަހުން ހެދި ޓްރާންސްފާގެ އެއް ބަސްވުމަކީ ކްރޮއޭޝިއާގެ ފޯވަޑް މާރިއޯ މަންޒޫކިޗް ޔުވެންޓަސްއަށް ބަދަލު ވުމަށް ހެދުނު ޓްރާންސްފާ އެވެ.