overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރަނިންމޭޓުންގެ ކެމްޕޭން ދެ ސަރަހައްދެއްގައި

އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ޝައީދާއި އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް އަތޮޅު ތަކަށް ވަޑައިގެންފި އެވެ.

ކެމްޕެއިނަށް ޝަހީމް ވަޑައިގެންފައިވަނީ އޭނާގެ އުފަން އަތޮޅު ގއ. އަތޮޅަށެވެ. އެއަތޮޅަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. މިއީ ރަނިންމޭޓެއްގެ ހައިސިއްޔަތުން ޝަހީމް އަތޮޅަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އެއަތޮޅު ވިލިނގިއްޔަށެވެ. އެރަށަށް ވަޑައިގެންނެވުމުން ޝަހީމަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

މި ދަތުރުގައި ގއ. ގެ ހުރިހާ ރަށަކަށް ޝަހީމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. ކެޕެއިންގެ ދަތުރުގައި އެއަތޮޅު ހުރިހާ ރަށެއްގައި ޑޯޓުޑޯ ޖެއްސުމަށްވެސްވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުގައި ޝަހީމާއެކު ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހްމަދު އައްސަދު އަދި ގެމެނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް މިއަދު ވަނީ އޭނާގެ ދާއިރާ، ކާށިދޫ ދާއިރާއަށް ކެމްޕެއިނަށް ވަޑައިގެންފަ އެވެ. އެގޮތުން މިއަދު ވަނީ ކާށިދޫ އަދި ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފަ އެވެ. އެދެރަށުންވެސް އޭނާ އަށް ވަނީ ހޫނު
މަރުހަބާއެއް ދަންނަވާފަ އެވެ.

މި ދަތުރުގައި ފައިސަލްއާއެކު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. ހުސެއިން ރަޝީދާއި އަދާލާތު ޕަޓީގެ ނައިބް ރައީސް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.