overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައްޔިތުންނާ ބައްދަލުކުރުމަށް އިދިކޮޅު މެމްބަރުން ދޮރުން ދޮރަށް ހިނގަން ފަށައިފި

ރައްޔިތުންނާ، ބައްދަލުކުރުމަށް އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތެއް ފަށައިފިއެވެ.

ޖުމްހޫރީޕާޓީގެ އޮފީސް މާފަންނު ކުނޫޒުން ފެށި މި ހަރަކާތުގެ ބޭނުމަކީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވޯޓު ލުމަށް ރީ- ރެޖިސްޓްރޭޝަނަށް އެހީތެރިވެދިނުމާއި، ރައްޔިތުންނާއި ބައްދަލުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

އެހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވަމުން، އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ، ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތަކީ އެންމެ އިސްކަންދޭން ޖެހޭ އެއް މަސައްކަތް ކަަމަށާއި، އެ މަސައްކަތުގައި ބައިވެރިވާ މަޖިިލިސް މެމްބަރުންނާއި، އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

ފައިސަލް ވިދާޅުވީ ކޮންމެ ވޯޓަކީ ވެސް ވަރަށް މުހިންމު ވޯޓެއް ކަމަށާއި، ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ވީއެންމެ އަވަހަކަށް ކޮށް ނިންމަންޖެހޭ ކަމަށެވެ. މީގެ އިތުރުން އިންތިހާބުތަކަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި، އެ އިންތިހާބު ބާއްވަންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަަލް އެގޮތަށް ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ވޯޓުލައިދޭނީ އެ ވޯޓް ފޮއްޓަކާ ހަވަލުވެ ހުންނަ އޮފިޝަލެއް ކަމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބުގެ މިނިވަންކަމާމެދު ސުވާލު އުފައްދާ އެ ނިންމުން ބަދަލު ކުރުމަށް އިލެކްޝަންސްގައި އެދެމުންނެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ވަނީ އިލެކްޝަންގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ނަގާ ފަރާތްތަކަކީ މުލިއާގެއިން ތައްޔާރުކުރާ ލިސްޓެއް ކަމަށްބުނެ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.