ވިޔަފާރި

އަންނަ ހޯމަ ދުވަހު މާލޭގައި ކޭއެފްސީ ހުޅުވަނީ

Jul 21, 2018
3

އަންނަ ހޯމަ ދުވަހު ރާއްޖޭގެ ފުރަތަމަ ކޭއެފްސީގެ އައުޓްލެޓްއެއް މާލޭގައި ހުޅުވަން ނިންމައިފި އެވެ.

ކުކުޅުން އުފައްދާ ތަފާތު ކެއުންތަކަށް މަޝްހޫރު ކޭއެފްސީގެ ރާއްޖޭގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނެފައި ވަނީ އަންނަ ހޯމަ ދުވަހުގެ 11:00 ހާއިރު މާލޭގައި ކޭއެފްސީ ހުޅުވާނެ ކަމަށާއި ފުރަތަމަ 100 ކަސްޓަމަރުންނަށް ކޭއެފްސީގެ ހާއްސަ ޓީޝާޓެއް ލިބޭނެ ކަމަށެވެ. ކޭއެފްސީގެ އައުޓްލެޓް ހުންނަނި އަމީނީ މަގުގެ މާލެ ސްކޮއާގަ އެވެ.

މާލޭގައި ފުރަތަމަ ކޭއެފްސީ ހުޅުވަން އުޅުނީ ރަސްފަންނުގައި ހުންނަ ޕެވިލިއަންގަ އެވެ. ނަމަވެސް އެކި މައްސަލަތައް ދިމާވެ އެތަނުގައި ކޭއެފްސީގެ ބަދަލުގައި ހުޅުވީ "ޗިކިން" އެވެ.