overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ރިޔާސީ ކެމްޕޭންގައި ރަނިންމޭޓުންގެ ރޯލްވެސް ބޮޑު!

ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ދިވެހި ރާއްޖޭގެ ޒައާމަތާއި ހަވާލުވާނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އޮތީ ނިންމައިފަ އެވެ. އުނދަގޫ ފަސް އަހަރުގެ ދައުރަކަށް ފަހު، ރައީސް އަބްދުﷲ ޔާމީން ވެސް ހުންނެވީ، އިތުރު ފަސްއަހަރުގެ ދައުރެއް ކަށަވަރު ކުރެއްވުމަށް ނިކުމެ ވަޑައިގެން އެވެ.

މީގެ ކުރީގެ އިންތިހާބުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި، ފެނިގެންމިދާ މަންޒަރުތަށްވެސް ނިކަން ތަފާތެވެ. ކުރީގެެ އިންތިހާބުތަކުގައި މިތުރުން ކަމުގައި ތިބި ބައެއް ފަރާތްތަށް މިއަހަރުގެ އިންތިހާބުގައި ތިބީ ހަތުރުންގެ ގޮތުގައެވެ. އަދި ހަތުރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަށް ތިބީ މިތުރުންނަށް ބަދަލުވެ ރައީސް ޔާމީން ބަލިކުރުމަށް އެކުއެކީގަ އެވެ. ރިޔާސީ އިންތިހާބު ނުބޭއްވި އުޅެނިކޮށް، ރިޔާސީ އިންތިބުގެ ސައްހަ ކަމާމެދު އެތަކެއް ސުވާކެއް އެކި ގޮތްގޮތަށް މިހާރުވެސް ދަނީ ކުރިމަތި ކުރަމުން އެވެ.

ރައީސް ޔާމީނަށް އެންމެ ބޮޑު ޗެލެންޖަކަށް ވަނީ، ސިޔާސީ ދެ ފިކުރު ކަމުގައިވާ، ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެ ފިކުރު އެއް ފިކުރެއްގެ ގޮތުގައި ރައީސް ޔާމީނާއި ދެކޮޅަށް ނިކުތުމެވެ. މީގެ އިތުރުން އެ ދެ ފިކުރާއެކު، ފާއިތުވެދިޔަ ދެ ރިޔާސީ އިންތިހާބުގައިވެސް ވިނިން ފެކްޓާއެއްގެ ގޮތުގައި ފެނިގެންދިޔަ ޖުމްހޫރީޕާޓީގެ ވެރިޔާ ގާސިމް އިބްރާޙިމް ހުންނެވުމަކީވެސް ރައީސް ޔަމީނަށް ކުރިމަތިވެވަޑައިގަންނަވާނެ އިތުރު ޗެލެންޖެކެވެ.

ރިޔާސީ އިންތިހާބުގެ ގަދަ ހިފުމުގައި އެއްކޮޅުން ރައީސް ޔާމީން ވާދަކުރައްވާ އިރު އަނެއްކޮޅުން ވާދަ ކުރައްވަނީ ގުޅިފައިވާ އިއްތިހާދުގެ ކެނޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހު އެވެ. މި ދެބޭފުޅުންގެވެސް ރަނިންމޭޓުންގެ ގޮތުގައި ބޭފުޅުން ކަނޑައަޅުއްވާފައިވާއިރު، ރައީސް ޔާމީންގެ ރަނިންމޭޓަކީ ކުރީގެ އިސްލާމި މިނިސްޓަރު އަދި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެެވެ. އަދި އިބޫގެ ރަނިންމޭޓަކީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.

ދެ ބޭފުޅުންވެސް ރާއްޖޭގެ ދެކުނަށް ނިސްބަތްވެވަޑައިގަންނަވާ އިރު، ދެ ބޭފުޅުންގެ ގާބިލްކަމާ މެދު ސުވާލު ކުރާނެ ޖާގައެއް ނެތެވެ. ދެ ބޭފުޅުންގެ ވެސް ސިޔާސީ ތަޖުރިބާވެސް އެބަ ހުއްޓެވެ. ޑރ. ޝަހިމަކީ ދީނީ އިލްމްވެރިއެކެވެ.. ފައިސަލް އަކީ އިޖުތިމާއީ ހިދުމަތްތެރިއެކެވެ. ޑރ. ޝަހީމް ނިސްބަތްވެވަޑައިގަންނަނަވީ ގއ. މާމެންދޫއަށެވެ. އަދި ފައިސަލް ނިސްބަތްވެވަޑައިގަންނަވަނީ ފުވައްމުލަކަށެވެ.

މާމެންދޫއަކީ އާބާދީގެ ގޮތުން ކުޑަ ރަށެކެވެ. މި އަހަރުގެ އިންތިހާބުގައި މާމެންދޫއިން ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 1045 ފަރާތަކަށެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި މާމެންދޫއަށް ނިސްބަތްވާ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި، އދ. މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ނިހާން ބަންދުކޮށްފައިވުމާއެކު، މާމެންދޫއިން ވޯޓުތަކެއް ޑރ. ޝަހީމަށް މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. މުޅި ހުވަދު އަތޮޅަށް ބަލާއިރުވެސް، މީގެ ކުރީގެ އިންތިހާބުތަކުގައިވެސް ރައީސް ޔާމީންއަށް ވޯޓު ލިބިވަޑައިގަތީ މަދުން އެވެ.

އަދިވެސް ހައްލެއް ލިބިފައި ނެތް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ހިމެނިވަޑައިގަންނަވާ މެމްބަރުންތަކުގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންއާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު، މި ހަ ބޭފުޅުންނަކީވެސް ހުވަދު އަތޮޅަށް ނިސްބަތްވާ މެމްބަރުންނެވެ. އެހެން ކަމުން ހުވަދު އަތޮޅުން ސަރުކާރަށް ލިބޭނެ ވޯޓު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

ފުވައްމުލަށް ސިޓީއަކީ އާބާދީގެ ގޮތުން ވޯޓުގެ ބޮޑު ޕަސެންޓޭޖެއް ހިއްސާ ކުރާނެ އާބާދީއެކެވެ. ފުވައްމުލަކުގައި 9522 ފަރާތަކަށް ވޯޓު ލެވެއެވެ. އަދި ފައިސަލް މިވަގުތު ކަށިދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިރު، އެދާއިރާގެ ގާފަރުން 930 ފަރާތަކަށް ވޯޓު ލެވެއެވެ. އަދި ކާށިދޫއިން، 1675 ފަރާތަކަށް ވޯޓު ލެވެއެވެ. ފެށުނީއްސުރެވެސް ފައިސަލް ގެންދަވަނީ ފުވައްމުލަކަށް އިޖުތިމާއީ ގޮތުން ހިދުމަތް ކުރައްވަމުން އެވެ. ކާށިދޫ ދާއިރާގެ މެމްބަރުކަމަށް ވަޑައިގަތުމަށްފަހުވެސް ފުވައްމުލަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވުމާއެކު، ފުވައްމުލަކުން ގިނަ އަދަަދެއްގެ ވޯޓުތަކެއް އިިދިކޮޅު އިއްތިހާދަށް ކާމިޔާބު ވާނެ ކަމަށް ބުނާ މީހުން އެބަ ތިއްބެވެ. ގޮނޑި ގެއްލިފައިވާ ކަމަށްބުނާ 12 މެމްބަރުންގެ ތެރޭގައި ފުވައްމުލަކު ބޭފުޅެއްވެސް ހުންނެވުމާއެކު، މިވެސް ސަރުކާރަށް ޕޮއިންޓެއް ކެނޑޭނެ ކަމެކެވެ.

ޑރ. ޝަހީމްގެ ކެމްޕެއިން ސްޓްރެޓެޖީ ބިނާކޮށްފައި ވަނީ ދީނީ ފަލްސަފާ މީހުންގެ ބޮލަށް ވައްދަ ދީގެން ވޯޓުތަކެއް ދަމައިގަތުމަށެވެ. މީގެ ސަބަބުން ފުވައްމުލަކާއި، ކާށިދޫ ދާއިރާއިން ވެސް އެމަނިކުފާނަށްވެސް ދަަަމައިގަނެވޭނެ ވޯޓުތަކެއް ހުންނާނެ އެވެ. އެހެން ނަމަވެސް މިތަފާސް ހިސާބުތަކާއި، މި ދެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކަށް ބަލާއިރު، އެޑްވާންޓޭޖް އޮތް ކަމަށް ދައްކަނީ ފައިސަލް އަށެވެ.

ދެ ބޭފުޅުންވެސް ވަރުގަދަޔަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ވޯޓު ލިބުން އޮތީ ރައްޔިތުންގެ ރުުހުން ހޯދަން ކުރާ މަަަސައްކަތަކުން އެ ރުހުން ލިބޭ ވަރަކުންނެވެ. އެހެން ކަމުން އެ ދެބޭފުޅުންވެސް މުޅި ރާއްޖޭގެ ރައްޔިތުންގެ ރުހުން ހޯދަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ އެވެ. ރިޔާސީ ކެމްޕޭންގައި ރަނިންމޭޓުންގެ ރޯލް ވެސް ބޮޑުވަނީ މިހެންވެ އެވެ.