overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ވޯޓްލާ ދުވަހު މިވެރިކަން ނިންމަން ޖެހޭ: އަލީ ހުސެއިން

Jul 22, 2018
11

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ހަމައެކަނި ވޯޓުން ނުނިމޭނެ ކަމަށާއި ވޯޓުން ބަލި ކުރުމަށްފަހު، ހަމައެދުވަހު މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީންގެ ވެރިކަން ހަމައެކަނި ވޯޓް އަކުން ނުނިމޭނެ ކަމަށާއި ވޯޓުން ބަލި ކުރުމަށްފަހު ހަމަ އެދުވަހު މަގުމައްޗަށް ނިކުމެ، ރައީސް ޔާމީން މަގާމުން އިސްތިއުފާދޭން ގޮވާލަން ޖެހޭ ކަމަށެވެ. އަދި ވޯޓްލާ ނިމިގެން މާލެ އަރަންވާނެ ކަމަށާއި މިކަން ނިމޭނީ ފިސާރި ކެރިގެން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

ފަހަކަށް އައިސް އިދިކޮޅުގެ އެންމެ އެންމެ ކުރީސަފުގައި އަލީ ހުސެއިން އަންނަނީ ހަރަކާތްތެެރި ވަމުން ނެވެ. އިދިކޮޅުގެ ރަނިންމޭޓް ކަމަށް ކުރިމަތިލައި، ނާކާމިޔާބުވީ ނަމަވެސް، އިދިކޮޅުގެ އެންމެ ކުރީސަފުން އަލީ ހުސެއިން ދަނީ މި ވެރިކަމާއި ދެކޮޅަށް އަޑު އުފުލަމުން ނެވެ.

އިންތިހާބަށް ދެ މަސް ދުވަހަށްވެެފައިވާއިރު، ދެފަރާތުންވެސް ދަނީ ފޯރިއާއެކު ކެމްޕެއިން ކުރަމުން ނެވެ. އެގޮތުން އިދިކޮޅުންނާއި ޕީޕީއެމުން ދަނީ ޑޯޓްޑޯ ކެމްޕެއިން ފަށައިގެން ކުރިއަށް ގެންދަމުން ނެވެ.

އިދިކޮޅުން ދަނީ މިފަހަރުގެ ވޯޓުން ރައީސް ޔާމީން ބަލިކުރާނެ ކަމަށް ކެނޑިނޭޅި ބުނަމުން ނެވެ. އަދި ރައީސް ޔާމީން ބޮޑުތަކުން ބަލިކޮށް އިދިކޮޅުގެ ވެރިކަމެއް ގާއިމް ކުރާނެ ކަމަށް ވެސް ބުނަމުން ނެވެ.