ހަބަރު

އިބޫ ރާއްޖެ ވަޑައިގެންފި

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

އިބޫގެ އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ދަރިކަލެއްގެ ގްރެޖުއޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ތިއްބެވި ބައެއް ސިޔާސީ ބޭފުޅުންނާ އިބޫ ބައްދަލުކުރެއްވެވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާ ބައްދަލު ކުރެއްވި އެވެ.

އިބޫ މިއަދު ހެނދުނު މާލެ ވަޑައިގެންނެވިއިރު މިއަދަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ ދުވަހެވެ.