overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެމްޑީޕީއަކީ ވައުދު ފުއްދާ ބައެއް: މާރިޔާ

Jul 24, 2018
10

އެމްޑީޕީގެ ސަރުކާރަކީ ވައުދުފުއްދާ ސަރުކާރެއް ކަމަށާއި އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ވައުދު ފުއްދިކަން ރައްޔިތުން ހެކިވާނެ ކަމަށްވެސް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ބޭއްވި ޕްރެސްގައި މާރިޔާ ވިދާޅުވީ، ފުލުހުންނަށް ދޭން ނިންމާފައިވާ 700 ޕްލެޓަކީ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ދިނުމަށް ނިންމާފައިވާ ފްލެޓްތަކެއް ކަމަށާއި ފަހުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެކަމަށް މުސާރައިން ފައިސާ ވެސް ކަނޑާފައިވާ ކަމަށެވެ. އަދި އެކަމަށް އަދިވެސް ފައިސާ ކެނޑެމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ނަމަވެސް ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރަދުވަސް ނިމިގެންދާނީ ކަމަށާއި އެ 700 ހައުސިން ޔުނިޓް ނުދެވުނު ކަމަށެވެ. އަދި މިއަހަރު ޑިސެމްބަރު މަހު އެކަން ކުރައްވާނެކަމަށް ވިދާޅުވެ ރައީސް ޔާމީން އެވާހަކަ ދެއްކެވި ނަމަވެސް ފުލުހުންވެސް އެކަން މިހާރު ގަބޫލް ނުކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވައުދެއް ވެއްޖެނަމަ އެވައުދެއް ހުންނާނީ ފުއްދާފައި، ތިން އަހަރު ދުވަސް ވަންދެން އެމްޑީޕީ ސަރުކާރު އޮތްއިރު ވައުދުތައް ފުދިގެންދިޔަ މިންވަރު ހަމަަގައިމުވެސް ރައްޔިތުން ހަނދުމަފުޅު ހުންނާނެ،" މާރިޔާ ވިދާޅުވި އެވެ.

ރީރެޖިސްޓްރޭޝަން ކަންކަމާމެދު ކަންބޮޑުވުން ފާޅުކޮށް މާރިޔާ ވިދާޅުވީ، މި ސަރުކާރުން ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސިވިލް ސާވަންޓުން، ރީރެޖިސްޓްރޭޝަން ކުރައްވާތީ ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވާ ކަމަށެވެ. އަދި ގާތް ގަނޑަކަށް 90 ޕަސެންޓް މީހުންނަކީ މިހާރު އޮފީސްތަކުން ފެންނަ އަޅުވެތިކަމާ ދައްކާ ބިރުވެރިކަމުގައި އުޅުއްވަން ބޭނުން ނުވާ ބޭފުޅުން ކަމަށާއި ބިރުވެތިކަމާއި އެއްވެސް ބޭފުޅަކު އަޅުވެތިކަމުގައި އުޅޭކަށް ބޭނުންނުވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"ސަރުކާރާއި ސިވިލް ސާވިސް ކުންފުނިތަކުގެ މުއައްޒަފުންނަށް ދަންނަވާލަން އޮތީ ބިރު ނުގަންނާށޭ، 23 ސެޕްޓެމްބަރަކީ އަޅުވެތިކަމުން ނިކުމެވަޑައިގަންނަވާނެ ދުވަސް ކަމަށް އަޒުމް ކަނޑައަޅުއްވައި، އެދުވަހު ނިކުމެވަޑައިގެން އިބޫއަށް ވޯޓް ދެއްވާ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ވޯޓާސް ލިސްޓްގައި ފޮޓޯ ޖަހަން ޖެހޭކަން ގެޒެޓް ކުރެވުމަށްފަހު އެކަން ކުރެވުނީ އޮޅުމަކުން ކަމަށް ވިދާޅުވުމުން އީސީން މިކަމަށް ފަރުވާ ބަހައްޓާ މިންވަރާމެދު ސުވާލު އުފެދޭ ކަމަށެވެ. އީސީން ފޮޓޯ ޖަހަން ޖެހޭ ގޮތަށް ނިންމީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހާފަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ނަމަވެސް ފަހުންއާ ނުފޫޒެއްގެ ސަބަބުން އޮޅުމަކުންނޭ ބުންނަ ޖެހުނީ، އަބަދުވެސް އަޅުގަނޑުމެން ދަންނަވަމުން މިއައީ އިލެކްޝަން ކޮމިޝަނަކީ އަޅުވެތިވެފައިވާ ބައެކޭ، އެހެންކަމުން އެއާ ސިޔާސީ ނުފޫޒެއްގެ ތެރެއިން އެކަން ބަދަލުކޮށް އޮޅުމަކުންނޭ ބުންނަ ޖެހުނީ، އިލްތިމާސް މިދަންނަވަނީ މިހާރު ތި ތިއްބެވި ގޮތަށް ތިއްބެވި ނަމަވެސް މިނިވަން ވާން ޖެހޭ، މިނިވަންކަމާއެކީގަ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި ކަންކަން ކުރެވޭ ބަޔަކަށްވާން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ފިކުރާ ވިސްނުމާއެކީގައި މިރާއްޖެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެެރިންކަމުން ސަލާމަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީންވެސް މެނިފެސްޓޯއެއް އެބައޮތް ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯއާ އެހެން ޕާޓީތަކުގެ ވިސްނުމާއި އެއްގޮތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަރަށް އަވަހަށް މެނިފެސްޓޯ ހާމަ ކުރައްވާނެ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.