overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިދިކޮޅު ރަނިން މޭޓުގެ މައްސަލަ ދޫކޮށްލައިފިން: މޫސަ

އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓަކު ހޮވުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެ ގި ވޯޓު ބާތިލުކުރަން ހުށަހެޅި މައްސަލަ އިތުރަށް ކުރިޔަށް ނުގެންދަން ނިންމާފައިވާ ކަމަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި މޫސާ އަންވަރު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި ކުރިން ވަރަށް އިސްކޮށް އުޅުނު އަދި މިހާރު އިނގިރޭސިވިލާތުގެ ހިމާޔަތް ހޯދައިގެން އެ ގައުމު ދިރިއުޅޭ މޫސަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޖުމްހޫރީ ޕާޓީ ކައުންސިލްގައި ނެގި ވޯޓުގެ ތެރެއިން ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައެޅި ވޯޓަކީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިނަށް ލިބިފައިވާ ވޯޓެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އަލީ ހުސައިނާއި ފައިސަލް ނަސީމްގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ޖުމްހޫރީ ޕާޓީގެ މައްޗަށް އަމުރުކުރުމަށެވެ.

ނަމަވެސް އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެދިލެއްވުމާ ގުޅިގެން ގައުމީ މަސްލަހަތު އިސްކޮށްގެން އެ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އަށާއި އޭނާގެ ރަނިން މޭޓު ކަމަށް ހޮވާފައިވާ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމްއަށް ތާއިދު ކުރާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މޫސަ ކުރެއްވި ޓްވީޓް

ރަނިން މޭޓަކު ހޮވުމަށް ޖޭޕީ އިން ނެގި ވޯޓުގައި ފައިސަލް ނަސީމަށް ރަނިންމޭޓްކަން ލިބިވަޑައިގަތީ 15 ވޯޓުންނެވެ. އެންމެ ގާތުން ވާދަ ކުރެއްވި އަލީ ހުސެއިނަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ކައުންސިލްގައި ނެގި ވޯޓުގެ ތެރެއިން އެއް ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައެޅި އެވެ. އެ ވޯޓުގައި އަލީ ހުސެއިނާ ދިމާލުގައި އެއްވެސް ފާހަގައެއް ޖަހާފައިނުވާއިރު އެހެން ކެންޑިޑޭޓުންނާ ދިމާގައި ވަނީ ރަސްގެލާފަ އެވެ.

ނަމަވެސް އެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ. އަދި ފައިސަލް ނަސީމްއާއެކު ކެމްޕެއިން ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.