ހަބަރު

ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ކުޑަ، އަންހެން ކުއްޖަކު ރޭ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ، އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މާލޭގައި ދެ މީހަކު ވެގެން 17 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކޮށްފައިވަނީ ރޭ 8:00 އެހާއިރު އޭނާ ކިޔަވަމުންދާ ކޮލެޖް ކުރިމަތިން އޭނާ ހުއްޓުވައި ގެން ގޮސްގެނެވެ.

މީގެ ކުރިން ވެސް ވަނީ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރަން އެދި ޕީޖީ އޮފީހަށް ވެސް ވަނީ ފޮނުވާފަ އެވެ. އެ ހާދިސާ ހިނގާފައިވަނީ މި އަހަރުގެ ކުރީކޮޅެވެ.