overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ދެތިން ދުވަސްތެރޭ ނެރޭނަން: އިބޫ

ކުރިއަށް ދެތިން ދުވަހުގެ ތެރޭގައި އިދިކޮޅު ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް އާންމު ކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށް ފަހު، ނިކުމެ ވަޑައިގެން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ، އިދިކޮޅު ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މެނެފެސްޓޯ އެކުލަވާލުމަށް ޓަކައި ކަމާ ގުޅޭ އެކި އެކި ފަރާތްތަކާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްޑީޕީއިން ނެރެފައިވާ މެނިފެސްޓޯއަށް ހުރިހާ ޕާޓީތަކުން ހުށަހަޅާ ކަންކަން ހިމަނައިގެން ނެރޭ މެނިފެސްޓޯގައި އެކި އެކި ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއި ޝަކުވާތަކަށް ހައްލުތައް ހޯދައިދޭނެ ގޮތްތައް ހިމަނާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިފަދަ ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް އެއްކުރެވޭ މައުލޫމާތުތައް ހިމަނައިގެން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ހުރިހާ ޕާޓީތައް އެއްބަސްވާ ކަންކަން ހިމެނޭ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެއް އާންމު ކުރާނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާ މަރުކަޒީ ނިޒާމްގެ ބާރު އެކީ ކަނޑުވާލައި ހުރިހާ ބާރެއް ރައީސް ޔާމީންގެ މުށުތެރެއަށް ލައިގެން ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަކީ ގާނޫނު އަސާސީގެ ރޫހާ މުޅިން ހިލާފް ކަމެއް ކަމަށެވެ. އަދި އެފަދަ ވެރިކަމަކަށް ރައްޔިތުން ޖާގަ ނުދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް ހާލުގައި ޖައްސާފައި ކަމަށެވެ. އެގޮތުން ބަޖެޓު ވެސް ދެނީ މުވައްޒަފުންނާއި އިދާރީ ހަރަދުތައް ކިރިޔަކިރިޔާ ކުރެވޭނެ ވަރަށް ކަމަށެވެ. އަދި މާލޭގެ ކަންކަން ރަނގަޅު ކުރުމަށް ސިޓީ ކައުންސިލަށް ފުރުސަތު ނުދޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިދިކޮޅު އިއްތިހާދެއްގެ ވެރިކަމުގައި ކައުންސިލްތަކަށް އަލުން ބާރުތައް ހޯދައިދޭނެ ކަމަށެވެ.

"އެމްޑީޕީގެ ވަރަށް ބޮޑު ސިޔާސަތެއް ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ. މި ސިޔާސަތު އަޅުގަނޑުމެންގެ ވެރިކަމެއްގައި އަޅުގަނޑުމެން އަލުން ތަންފީޒު ކުރާނަން. ބާރުތައް ކައުންސިލްތަކަށް ހޯދައިދޭނަން. މިއަދު އެބޭފުޅުންނާ ބައްދަލު ކުރެއްވީމާ އަޅުގަނޑުމެންނަށް އެނގިއްޖެ ރައީސް ޔާމީންގެ އަނިޔާވެރި ސަރުކާރުން އެބޭފުޅުންނަށް ޖައްސާފައިވާ ހާލު،" އިބޫ ވިދާޅުވި އެވެ.