overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަދުރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން އޭސީސީ، ޕޮލިސް އަދި އީސީއަށް އެމްޑީޕީން ދަނީ

ޕީޕީއެމްގެ އަތޮޅުޖަގަހަ ހުޅުއްވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާރިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ދެއްކެވި ވާހަކަތަކާއި ގުޅިގެން، އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި، ފުލުހުންގެ އިދާރާގެ އިތުރުން އިލެކްޝަންސް ކޮމިޝަން، އީސީއަށް މައްސަލަ ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އަބުދުއްރަހީމް ދެއްކެވި ވާހަކަތަކުގައި، ދައުލަތުގެ މުދަލާއި، ވަސީލަތްތަކާއި، މުވައްޒަފުން ބޭނުން ކުރައްވައިގެން ރައީސް އަބުދުﷲ ޔާމީނަށް ކެމްޕެއިން ކުރައްވާކަމަށް ވިދާޅުވުމަކީ، ޖިނާއީ ކުށަކަށް އިއުތިރާފުވުން ކަމަށެވެ. އަދި އެކަމަކީ ހުރިހާ ގާނޫނުތަކެއްގައިވެސް ކަނޑައެޅިގެން މަނާ ކަމެއްކަން މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ ނައިބު ރައީސް ފަދަ މަގާމެއްގައި ހުންނަވައިގެން އަބުދުއްރަހީމް އެގޮތަށް ވިދާޅުވުމަކީ ޖިނާއީ ކުށަކަށް އިއުތިރާފުވުން ކަމަށާއި، އެ މައްސަލަ މިއަދުވެސް ހުށަހެޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ ހުށަނާޅާ ލަސްކުރެވޭނެ ބާވަތުގެ މައްސަލައެއް ނޫންކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، ޖަލުތަކުގައި ތިބި މީހުންނާއި، ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ ލިސްޓުތަށް އަދިވެސް އެމްޑީޕީއަށް ނުލިބޭ ކަމަށާއި، ރީ ރަޖިސްޓްރޭޝަންގެ ކަންކަން 11 އޮގަސްޓާ ހަމަޔަށް ހަމަޖައްސާފައިވާއިރު، އެލިސްޓުތަށް އީސީން ލިބޭނެ ގޮތް ހައްދަވައިދެއްވުން އެދޭކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވޯޓަށް މަކަރު ހައްދަވާނަމަ، 23 ސެޕްޓެމްބަރުގެ ފަހުން އެ މަގާމުތަކުގައި އެ މެމްބަރުން ނުތިއްބަވާނެ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، 22 ފަޅު ރަށެއް ދޫކުރަން ސަރުކާރުން ނިންމި ނިންމުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.