ވިޔަފާރި

އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާކެޓުގައި މަޓާޓޯއިން ބައިވެރި ވެއްޖެ

Jul 28, 2018

އިންޑިއާ އިންޓަނޭޝަނަލް ޓްރެވަލް މާކެޓު (އައިޓީއެމް) ގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އިންޑަސްޓްރީޒް (މަޓާޓޯ) އިން ބައިވެރި ވެއްޖެ އެވެ.

މަޓާޓޯއިން ބުނީ ޖުލައި މަހުގެ 27-29 އަށް ބެންގަލޫރުގައި ކުރިއަށްދާ މި ފެއާގައި ދިވެހި 10 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ.

މަޓާޓޯ އިން ބުނީ 1998 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ފެއާގައި އިންޑިއާގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން އަދި ކްރޫޒްލައިނާ ހިންގާ ކުންފުނިތަކާއި ހޮޓާ އަދި ރިސޯޓުތަކުން ބައިވެރިވާ ކަމަށެވެ. މީގެ އިތުރުން

އިންޑިއާގެ ބެންގަލޫރަކީ އެ ގައުމުގައި އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ މީހުން ދިރިއުޅޭ އެއް ސިޓީ އެވެ. އަދި ބެންގަލޫރު ހިމެނެނީ އިންޑިއާއިން އެންމެ ގިނަ މީހުން ޗުއްޓީއަށްދާ އެއް ސިޓީގެ ގޮތުގަ އެވެ.

މަޓާޓޯއިން ވަނީ މި އަހަރުގެ ނިޔަލަށް އެއް ލައްކަ ޓޫރިސްޓުން ގެނައުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާފަ އެވެ. މިގޮތުން އެ ޖަމިއްޔާއިން އިންޑިއާގެ ހަތަރު ފެއާއެއްގައި މި އަހަރު އެކަނި ވަނީ ބައިވެރިވެފަ އެވެ.