overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ޝަހީމަކީ ގާތް ބޭފުޅެއް، އިތުބާރު ކުރަން: ރައީސް

ޕީޕީއެމް ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަކީ ގާތް ބޭފުޅެއް ކަމަށާއި އެމަނިކުފާނުއަށް އިތުބާރު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުއްވެއްޖެ އެވެ.

ރިޔާސީ ޓިކެޓު ހަވާލު ކުރެއްވުމަށް ޕީޕީއެމް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ޝަހީމްއަށް ދެއްވީ އަދާލަތު ޕާޓީގެ މެންބަރަކަށްވާތީއެއް ނޫން ކަމަށާއި އެ ޕާޓީ ފަހުން އެކުގައި މަސައްކަތް ކުރި ނަމަވެސް އެއްވެސް އިރެއްގައި ކޯލިޝަން އެގްރީމަންޓެއް ހަދާފައި ނުވާނެ ކަމަށެވެ. ޝަހީމްއަށް ސަރުކާރުގެ ވަޒީރުކަން ދެއްވީ އެމަނިކުފާނު ދީނީ ކަންކަމަށް ދޭ އަހަންމިއްޔަތު ކަމަމާއި ދީނަށް ކަމޭ ހިތާ މިންވަރަށް ބަލާފައި ކަމަށް ރައިސް ޔާމީން ވިދާޅުވި އެވެ. އަދި ޝަހީމްއަކީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ޝަހީމްގެ ވެލިއުތަކާއި ޝަހީމް އިސްލާމް ދީނަށް ކަމޭ ހިއްތަވާ މިންވަރާ ޝަހީމްގެ މަގުބޫލު ކަމާއި މިކަހަލަ ކަންކަން އަޅުގަނޑުމެން ގަބޫލު ކުރެވިފައި އަދި އަޅުގަނޑުގެ އާއިލާގެ ގާތް ބޭފުޅަކަށް ޝަހީމްއާއި ޝަހީމްގެ އަނބިކަނބަލުން ވާތީއާ އެ ނިންމުން ނިންމީ،" ރައީސް ޔާމީން ވިދާޅުވި އެވެ. "އެހެންވެ ވަރަށް ގާތުން ދަންނަ ބޭފުޅަކަށް ވާތީ، އަޅުގަނޑު ޝަހީމްއަށް އިތުބާރު ކުރާތީ ޝަހީމްއަށް މި ފުރުސަތު އެރުވީ،"

ރައީސް ވިދާޅުވީ ޝަހީމްއަކީ އިސްލާމީ އެންމެ ނުފޫޒު ގަދަ 500 ލީޑަރުންގެ ތެރެއިން ޝަހީމް އަބަދުވެސް ހިމެނިވަޑައިގަންނަވާތީ އެމަނިކުފާނު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ. އަދި އެއީ ރާއްޖެއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް ރާއްޖެއަށް ވުރެ ބޮޑަށް އެ ޝަރަފު ލިބިވަޑައިގަންނަވަނީ ރައީސް ޔާމީންއަށް ކަމަށެވެ.