overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ގާނޫނުލްއުގޫބާތުގެ އިސްލާހުތައް ފާސްވެއްޖެ ނަމަ ރިޝްވަތު އާންމުވާނެ: ފައިސަލް

Jul 30, 2018

ގާނޫނުލް އުގޫބާތައް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ، ރިޝްވަތުގެ ކަންތައްތައް ރާއްޖޭގައި އާންމު ކަމަކަށް ވެގެން ދާނެ ކަމަށާއި އެކަމާ ދެކޮޅަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށް އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އދ. ފެންފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ފައިސަލް ވިދާޅުވީ، ރިޝްވަތަކީ އާންމުއެއްޗަކަށް ހެދުމަށް ސަރުކާރުން ޖިނާއީ އިޖުރާތުގެ ގާނޫނަށް ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާނަމަ ރައްޔިތުން ނިކުމެ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށެވެ.

"މުޅި ދިވެހި ރާއްޖޭގެ ރައްޔިތުން އެއްއަޑަކަށް ވޭތުވެދިޔަ ހަތަރު އަހަރު ގޮވަމުންދިޔައީ އެމްއެމްޕީއާރުސީގެ ފައިސާ ކޮބައިތޯއޭ؟ މިއަދު މި ފެންނަނީ ރިޝްވަތުގެ ކަންތައްތަކަށް އަދަބު ނުދެވޭ ގޮތް ހަދާތަން،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގާނޫނަކީ ކުޅޭ ކުޅޭ އެއްޗަކަށް ނަހަދާނެ ކަމަށާއި، ގާނޫނާކީ ވަކި މީހަކަށް ޓާގެޓްކޮށްގެން ހަދާއެއްޗެއްގެ ބަދަލުގައި އެންމެނަށް ހަދާއެއްޗަކަށް ހަދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މާލޭގައި މިހާރު އަޅަމުންދާ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަކީވެސް ހަމަ އަގުގައި އަޅާ ނަމަ، 50 މިލިއަން ޑޮލަރަށް ވުރެވެސް ކުޑަކޮށް ހެދޭނެ އިމާރާތެއް ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ އަގު 125 މިލިއަން ޑޮލަރަށް އަރާކަން އޭނާ ފާހަގަކުރެއްވި އެވެ. ފައިސަލް ވިދާޅުވީ، ޓުއަރިޒަމް ކުރި އެރުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް މި ސަރުކާރުން ނުކުރާކަމަށެވެ.

ކޯލިޝަން ސަރުކާރަކުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށާއި، ކައުންސިލްތަށް ބާރުވެރި ކުރުވައި، ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތްދީ، ރަށްތައް ތަރައްގީ ކުރުމުގެ ފުރުސަތުދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފެންފުށީ ރައްޔިތުންވެސް އަދި އެންމެހާދިވެހި ރައްޔިތުންވެސް އަނިޔާވެރިކަމުން ސަލާމަށް ވުމަށް ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރުމަށް ފައިސަލް ވަނީ އެދިވަަޑައިގެންފައެވެ.