ބޭރު ކުޅިވަރު

ސްޓޫރްޓްމަން ޔުނައިޓެޑް އަށް ބަދަލެއް ނުވާނެ: ރޯމާގެ ރައީސް

ރޯމް (ޑިސެމްބަރު 25) – އޭއެސް ރޯމާ އަށް ކުޅެމުންދާ ނެދަލޭންޑްސްގެ މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން ޖެނުއަރީ މަހުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުނުވާނެ ކަމަށް ރޯމާގެ ރައީސް ޖޭމްސް ޕަލޯޓާ ވިދާޅުވެއްޖެ އެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ސްޓްރޫޓްމަން ޖެނުއަރީ މަހުގެ ޓްރާންސްފާގައި ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

އެކަމަކު ޕަލޯޓާ ވިދާޅުވީ އަނިޔާގެ ސަބަބުން ނުވަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ވަރަށް ފަހުން އަލުން ކުޅެން ނިކުތް ސްޓޫރްޓްމަން އަކީ ރޯމާ އަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"ސްޓްރޫޓްމަން އާއި ލިއޮނާޑޯ ކަސްޓަން އަށް އަނިޔާނުވި ނަަމަ، އަހަރެމެން މިހާރު އޮންނާނީ ލީގުގެ އެއްވަނައިގައި. އަހަރެމެން ސްޓްރޫޓްމަން ނުވިއްކާނަން،" ޕަލޯޓާ ވިދާޅުވި އެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފާގައި ސްޓްރޫޓްމަން ޔުނައިޓެޑަށް ބަދަލުވާނެ ކަމުގެ ވަރަށް ފުރުސަތު ބޮޑު ކަމަށް ފީފާގެ އޭޖެންޓް މަޓެއޯ މަޓެރަޒީ ވަނީ ބުނެފަ އެވެ. -- އީއެސްޕީޢެން