ދުނިޔެ

ސިހުރު ހަދާ ކަމަށް ބުނެ އިންޑިއާގައި އަންހެނަކު ރޭޕްކޮށްލައިފި

Jun 2, 2015

ސިހުރު ހަދާ ކަމަށް ތުހުމަތުކޮށް، ހަ މީހުންގެ ގްރޫޕަކުން އިންޑިއާގެ ގަބީލާއެއްގެ އަންހެނަކު ވަރަށް އަނިޔާވެރި ގޮތަކަށް ރޭޕްކޮށްފި އެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި ރޭޕުކުރި ހަ މީހުންގެ ނަން އެ އަންހެން މީހާ ވަނީ ފުލުހުންނަށް ކިޔައިދީފަ އެވެ. އޭނާ ވިދާޅުވީ އެ ހަ މީހުން ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭޕްގެ މައްސަލަތައް ގިނަ އިންޑިއާގައި މީގެ ދެ އަހަރެއްހާ ދުވަސްކުރިން އަންހެން ދަރިވަރަކު ރޭޕްކޮށް ވަރަށް އަނިޔާވެރިކޮށް މަރާލި ހާދިސާ އަށް ފަހު ރޭޕްގެ މައްސަލަތައް ރިޕޯޓްކުރުން ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް 23 އަހަރުގެ އެ ދަރިވަރު މަރުވެފައި ވާއިރު، އިންޑިއާގެ ނޫސްތަކުން ވަނީ މި ފަހަރުގެ ހާދިސާ އެކަމާ އެއްގޮތް ކޮށްފަ އެވެ.