ބޮލީވުޑް

މިއަހަރުވެސް ޝާހްރުކްގެ އެންމެ ފިލްމެއް!

Jun 3, 2015

"ދިލްވާލޭގެ" އިތުރުން ޑައިރެކްޓަރު މަނީޝް ޝަރްމާގެ "ފޭން" އާއި ޑައިރެކްޓަރު ރާހުލް ދޯލާކިޔާގެ "ރައީސް" ވަނީ މިހާރު އަންނަ އަހަރުގެ ތެރޭގައި ރިލީޒްކުރާ ގޮތަށް ހަމަޖައްސާފަ އެވެ.

ބަތަލާ ކާޖޮލް އާއި ވަރުން ދަވަން އަދި ކީރްތީ ސަނޮން އާއެކު ޝާހް ލީޑްރޯލުން ފެނިގެންދާ "ދިލްވާލޭ" މިއަހަރުގެ ޑިސެމްބަރު ފަހުކޮޅު ރިލީޒްކުރާއިރު، "ފޭން" އާއި "ރައީސް" އަންނަ އަހަރުގެ މެދުތެރޭގައި ރިލީޒްކުރާ ގޮތަށް މިހާރު ހަމަޖައްސާފައިވާއިރު، "ފޭން" އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މިކަމާއި ގުޅިގެން މިފިލްމު އުފައްދާ ފަރާތުން ރަސްމީ ޖަވާބެއް ދީފައި ނުވާއިރު، ޝާހްރުކް ވަނީ އިއްޔެ އޭނާގެ ފޭނުންނާއިއެކު ޓްވިޓާގައި ބޭއްވި ޗެޓް ސެޝަން އެއްގައި މިއަހަރުގެ ތެރޭގައި ސިނަމާތަކުގައި އަޅުވާނެ ފިލްމާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

އެގޮތުން "ފޭން"ގެ ޝޫޓިން ޝާހްރުކް މިހާރު ނިންމާލާފައިވާއިރު، އަދި "ދިލްވާލޭ"ގައި ޝާހް ކުޅޭ މަންޒަރުތަކުގެ ޝޫޓިން އެއް ނުފަށަ އެވެ. ވަރަށް އަވަހަށް މިފިލްމުގެ ޝޫޓިންއާއި ޝާހް ގުޅޭނެކަމަށް ވާއިރު، ފައްޓާގޮތަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޝޫޓިން ނިންމާލާނެކަމަށް ވެ އެވެ.

"އާސްކް އެސްއާރްކޭ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ޗެޓް ސެޝަންގައި، ފޭނަކު ޝާހްރުކްގެ ދެން ނިކުންނާނެ ފިލްމަކީ ކޮބައިތޯ އެހުމުން ވަނީ " ދިލްވާލޭ" ކަމުގައި ބުނެފަ އެވެ. އެހެންކަމުން، ޝާހްރުކް ނުބުނި ކަމުގައި ވިޔަސް، "ފޭން" މިހާރު އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ ކަން ވަނީ ހާމަވެފަ އެވެ. ނަމަވެސް، ފިލްމު އުފެއްދި ފަރާތުން މިކަން ރަސްމީކޮޑް އިއުލާނުކުރަން ދެން އިންތިޒާރުގައި ތިބުން ނޫންގޮތެއް ނެތެވެ.