overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެމްއެންޑީއެފް އުވާލާކަށް ނޫޅެން، އެކަން މެނިފެސްޓޯއިން ސާފުވާނެ: މާރިޔާ

އިދިކޮޅު ސަރުކާރެއް ގާއިމް ވެއްޖެނަމަ އެމްއެންޑީއެފް އުވާލާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފް ވާހަކައެއް ކަމަށާއި އެކަން އެމްޑީޕީގެ މެނިފެސްޓޯއިން ވަރަށް ރަނގަޅަށް ހާމަވެގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އިދިކޮޅުގެ ވެރިކަމެއް އައިސްފިނަމަ އެމްއެންޑީއެފް އުވާލާނެ ކަމަށް ހޯމް މިނިސްޓަރު ވަރަށް ފަހުން މީޑިއާ އަށް އަރުއްވާ ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް މުއައްސަސާތައް ހަރުދަނާ ކުރާނެ ވާހަކަ ލިޔެފައިވާނެ ކަމަށާއި ތަންތަން އުވާލާ ވާހަކަ ނުދައްކާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެނިފެސްޓޯ ބައްލަވައިފި ކަމަށްވަންޏާ ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ ލިޔެފަ އޮއްވާ، އަޅުގަނޑުމެންގެ ވެރިކަމެއްގައި މުއައްސަސާތައް ހަރުދަނާ ކުރާނެ ކަމަށް، ތަންތަން އުވާލާ ވާހަކައެއް ނުދައްކަން، ތަންތާންގެ ޕްރޮފެޝަނަލިޒަމާއި ތަންތަން ހަރުދަނާކޮށް ރައްޔިތުން ގަބޫލުކުރާ ގޮތަށް، ހުރިހާ މުއައްސަސާއެއްވެސް ހަރުދަނާ ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ދެކިގެން އެކަން ކުރުމަށްޓަކައި މި ނިކުންނަނީ، 23 ސެޕްޓެމްބަރަށްފަހު މިކަންކަން ރަނގަޅު ކުރުމުގައި އަވަދިނެތި އުޅޭނަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އެމްޑީޕީން ކެމްޕެއިން ޕޯސްޓަރުތައް ތައްކުރުމުން ފުލުހުން ނައްޓާފައިވާ ކަމަށާއި އެކަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުން އީސީން ބުނީ ކެމްޕެއިން ނުފެށޭތީ އެކަންކަން ކުރިމަތިވެދާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، އިދިކޮޅު ކެނޑީޑޭޓްގެ ފޯމް ހުށަހަޅައި އިލެކްޝަނުން ބަލައިގެންފައިވާ ކަމަށާއި ނަމަވެސް ޕީޕީއެމްގެ ފަރާތުން އަދިވެސް އީސީއަށް ހުށަނާޅާ ކަމަށެވެ. ނަމަވެސް ޕީޕީއެމުން ދިދަތަކާއި ޕޯސްޓަރުތައްވެސް ދަމަމުންދާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ހަމަހަމަކަމާއެކީގަ އަޅުގަނޑުމެންގެ ކެނޑިޑޭޓް ވިޔަސް، ޕީޕީއެމްގެ ކެނޑިޑޭޓް ވިޔަސް ކަން ކުރައްވަން ވާނީ، މުޅި ރަށުތެރޭގައި އެހެން ދިދަ ދަންމަވާއިރު ފުލުހުން ވަޑައިގެން އެދިދަތައް ނަގަން މަސައްކަތް ނުކުރައްވާއިރު، އަޅުގަނޑުމެންނަށް އެހެން ކަންތައް ކުރެއްވީމަވެސް އީސީން އެހަމަހަމަކަން ގެއްލިގެންދާކަން އެގޮތަށް އެބަ ބާރުލިބޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، އަންނަ ހުކުރު ދުވަހު އިދިކޮޅު އިއްތިހާދުގެ ޕޯސްޓަރު ހިއްޕުމުގެ އިވެންޓް ފަށާނެ ކަމަށެވެ. އަދި ފުލުހުން އެކަމަށް ހުރަސް ނޭޅުމަށްވެސް މާރިޔާ ވިދާޅުވި އެވެ.