overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރައީސް ޔާމީން ކޮރަޕްޝަނެއް ނުހިންގަވާނެ: ޝަހީމް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓު ކަމަށް ވަޑައިގެންނެވި އިރު ހިޔާނާތާ ބެހޭ އެއްވެސް ސުވާލެއް އެމަނިކުފާނާ ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއް ރައީސް ޔާމީން ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމާށް އެމަނިކުފާނުގެ ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގައި ފައިސާ އިން ރައީސް ޔާމީންގެ އަމިއްލަ ބެންކް އެކައުންޓަށް 1 މިލިއަން ޑޮލަރު ވަދެފައިވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުގައި ބުނެފައިވާ މައްސަލައާ ބެހޭ ގޮތުން، ރަނިން މޭޓަށް ވަޑައިގަތުމުގެ ކުރިން ރައީސް ޔާަމީންއާ ސުވާލު ކުރެއްވިންތޯ ސަންގު ޓީވީ އިން މިރޭ ޝަހީމްއާ ސުވާލަށް ކުރެއްވުމުންނެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ ޝަހީމް ފުރަތަމަ ވިދާޅުވީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކާ ބެހޭ ގޮތުން ރަނިން މޭޓަކު ޖަވާބު ދާރީ ވާން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށާއި މީހެއްގެ މައްޗައް ކުށެއް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން ރައީސް ޔާމީންއާ އެއްވެސް ސުވާލެއް ނުކުރައްވާ ކަމަށާއި ދައުލަތުގެ ފައިސާ އިން އެމަނިކުފާނު ވައްކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އެކަމާ ބެހޭ ގޮތުން [ހިޔާނާތުގެ މައްސަލައާ ބެހޭ ގޮތުން] ރައިސުލްޖުމްހޫރިއްޔާއާ އެއްވެސް ސުވާލެއް ނުކުރަން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ދައުލަތުގެ ފައިސާއިން ވައްކަމެއް ނުކުރައްވާނެ، ޝަރުއީ މަރުހަލާއެއްގައި އެމަނިކުފާނުގެ މައްޗައް ކުށެއް ސާބިތު ނުވާހާ ހިނދެއްގައި އެމަނިކުފާނަކީ ކުށްވެރިއެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުގައި 800 މިލިއަން ޑޮލަރު ހުރި ކަމުގެ ތުހުމަތެއް ވެސް ކުރެއްވި ކަމަށާއި ނަމަވެސް އެފަދަ ވާހަކަތަކަކީ އެމަނިކުފާނުގެ ޝަހުސިއްޔަތު ބަދުނާމު ކުރުމަށް ދައްކާ ވާހަކަތައް ކަމަށެވެ. އަދި ފޯރަމްތަކުގައައި މީޑިއާތަކުން އެފަދަ ސުވާލުތައް ކުރެއްވުމުގެ ބޭނުމަކީ ވެސް އެއީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކޮރޮޕްޝަނާއި ފަސާދައަކީ އިސްލާމް ދީނުގައި މަތިވެރި ދަރަޖައަކަށް ހަރާމް ކުރައްވާފައިވާ ކަމަކަށް ވާއިރު އެފަދަ އެއްވެސް ކަމަކަށް އެއްވެސް މުސްލިމަކު ގާތްވެގެން ނުވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މީހެއްގެ މައްޗައް ކޮރޮޕްޝަންގެ އަމަލުތައް ހިންގި ކަމަށް ޝަރުއީ ގޮތުން ސާބިތު ނުވާހާ ހިނދަކު އެގޮތަށް ނިންމާ އެފަދަ ވާހަކަތަކެއް ނުދެއްކެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.