overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންޓާނަލް ޑިމޮކްރަސީ އެންމެ ރަނގަޅީ ޖޭޕީގައި: އިބޫ

އިންޓާނަލް ޑިމޮކްރަސީ އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީގައި ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ޖުމްހޫރީ ޕާޓީ އުފެދިގެން މިދިޔަ 10 އަހަރުގެ ތެރޭގައި ގިނަ ތަޖުރިބާތަކެއްކޮށްފައިވާ ކަމަށާއި ހުރިހާ އިންތިހާބުތަކެއްގައި އެ ޕާޓީ އިން އަދާކޮށްފައިވާ ދައުރަކީ އޭގެ އަލިގަދަ ދަލީލެއް ކަމަށެވެ. އަދި އެ ޕާޓީ މިއަދު ފުރިހަމަ ސިޔާސީ ޕާޓީއަކަށް ވެފައިވާ އިރު އިންޓާނަލް ޑިމޮކްރަސީ އެންމެ ރަނގަޅު އެއް ޕާޓީއަކީ ޖޭޕީ ކަމަށާއި އެންމެ ފަހުން ރަނިން މޭޓެއް ހޮވުމަށް ބޭއްވި ޕްރައިމެރީއިން އެކަން ފެނިގެން ދިޔަ ކަމަށް އިބޫ ވިދާޅުވި އެވެ.

"ނިމިގެން ދިޔަ ޖޭޕީގެ ކޮންގްރަސްއާ ރަނިން މޭޓު ހޮވުމަށް އެ ބޭފުޅުން އެ ގެންގުޅުއްވި ޕްރެކްޓިސް އަޅުގަނޑަށް އެކަމުން އެބަ ފެނިގެން ދޭ، އެއީ ޖޭޕީގެ އިންޓާނަލް ޑިމޮކްރަސީ ހާމަވެގެން ދިޔަ އެންމެ މުހިންމު ދެ ކަންތައް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މިއަދު ގައުމު ވަނީ ވަރަށް ނާޒިކު ދަނޑިވަޅެއްގައި ކަމަށާއި ގައުމުގައި ކޮރޮޕްޝަނާއި ފަސާދައާ އަނިޔާވެރިކަން އިންތިހާައަށް ގޮސް އިންސަފެއް ވެސް ނެތް ކަމަށެވެ. އަދި އެކަންކަމަށް ހައްލެއް ގެނެވޭނީ އެންމެން ބައިވެރިވާ ޕްލެޓްފޯމެއްގައި މަސައްކަތް ކުރެވިގެން ކަމަށާއި އަޅުގަނޑުމެން މިއަދު މި ކުރަނީ އެ މަސައްކަތް ކަމަށެވެ. އަދި ކޯލިޝަންގައި ރާއްޖޭގައި ހިމެނޭ ހުރިހާ ޕާޓީއެއް ބައިވެރިވެފައިވާ އިރު އިންތިހާބުތަކުގައި މުހިންމު ރޯލެއް އަދާ ކުރާ ޖޭޕީ ވެސް އިދިކޮޅާއެކު ހުރި ކަމަށެވ.ެ އެހެންކަމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ސިޔާސީ ކުޅިބައި އަތުރާލާ އިރު ޖުމްހޫރީ ޕާޓީ އަރާ އިންނަ ގޮޅި އެއީ އަބަދުވެސް ވަރަށް މުހިންމު ގޮޅިއެއް، ސިޔާސީ ކަންކަން ނިމިގެން ދާއިރު ޖޭޕީގެ ބަސް މިވަނީ ވަރަށް މުހިންމު ބަހަކަށްވެފައި، އިރާދަކުރެއްވީއާ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވަނީ އަޅުގަނޑުމެންގެ ކޯލިޝަންގެ އެންމެ ކުރީ ސަފުގައި، ނަތީޖާއަކަށް ވެގެންދާނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ބޮޑު ތަނުން އަޅުގަނޑުމެން ކާމިޔާބުކޮށް،، ނޮވެމްބަރު 17 ވަނަ ދުވަހު ގުޅިފައިވާ ސަރުކާރެއް އެކުލަވާލާނަން،" އިބޫ ވިދާޅުވި އެވެ.