ހަބަރު

"ހިޔާ" މަޝްރޫއަށް ލަންކާގައި އުޅޭ ދިވެހިން ހޭލުންތެރިކޮށްފި

Aug 5, 2018
1

ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް، ސްރީލަންކާގައި އުޅޭ ދިވެހިންނަށް ފޯމް ދޫކުރުމާއި ބަލައިގަތުމުގެ ހާއްސަ ޕްރޮގްރާމެއް ބާއްވައިފި އެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ބުނީ އިއްޔެ ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގައި ލަންކާގައި ވަޒަންވެރިވެގެން އުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެވރިވި ކަމަށާއި ހައުސިން މިނިސްޓްރީގެ ފަންނީ ބޭފުޅުން ހިޔާ މަޝްރޫއާ ބެހޭ މައުލޫމާތުތައް ދެއްވި ކަމަށެވެ. އެގޮތުން މާލެ އެކޭ އެއްގޮތަށް ފްލެޓަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާ ބަލައިގަތުމުގެ އިންތިޒާމް އެމްބަސީއިން ފަހިކޮށްދީފައިވާ ކަމަށާއި އެއީ ހިޔާ ފްލެޓުތަކަށް އެދުމުގެ ފުރުސަތު ލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ފަހިކޮށްދީ ފޯމު ފުރުމުގައި ދިމާވާ ދަތިތަކާ އަރާ އޮޅުންތަކަށް ހައްލެއް ހޯއްދަދެއްވުމަށް ކަމަށް އެމްބަސީ އިން ބުންޏެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓަށް ފޯމު ދޫކުރުމާއި ބަލައިގަތުމަށް ސަރުކާރުން ވަނީ މި އޯގަސްޓް މަހުގެ 31 އާ ހަމައަށް ހުޅުވާލާފައެވެ.