overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ނިހާން އިބޫއަށް: ރައީސްގެ ވައުދުތައް ކޮޕީ ކުރަން ނޫޅޭ!

އަންނަ ދައުރަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވައުދުވެވަޑައިގަންނަވާ ކަންކަން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކޮޕީ ކުރައްވަމުން ދާ ކަމަށް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑާރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އިންތިހާބު ކައިރިވަމުންދާ ވަރަކަށް ކެންޑިޑޭޓުންގެ ފަރާތުން އެކި ކަހަލަ ވައުދުތައް ވަމުން އަންނަ އިރު ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް ޔާމީން ވަނީ މުހިންމު ވައުދުތަކެއް ވެވަޑައިގަންނަވަމުން ކަމަށެވެ. އެގޮތުން 2018 އިން 2023 ރައީސް ޔާމީން އުންމީދު ކުރައްވާ ވެރިކަމުގައި ގެންނަވާނެ އެންމެ މުހިންމު ވައުދުގެ ގޮތުގައި ކުރިޔަށް ގެންދަވާނެ ބޯހިޔާވެހިކަމުގެ މަޝްރޫއު އިއުލާން ކުރައްވާފައި ކަމަށާއި ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން ގޯތިގެދޮރު އަޅާދޭނެ ވާހަކަ އިބޫ ވިދާޅުވި ކަމަށެވެ. ނަމަވެސް އެ އަޅާނެ ގޮތެއް އިބޫއަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެހެންކަމުން ޕީޕީއެމް އިން ވެފައިވާ ވައުދުތައް ކޮޕީ ކުރައްވަން ނޫޅެއްވުމަށް ނިހާން ވިދާޅުވި އެވެ.

"އަމަލާއި ބަހުން އެ މަސައްކަތް ކުރައްވާނެ ގޮތް އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރާއި އަށް މަސް ދުވަހުން ވަނީ ދައްކަވާދީފައި، ހުޅުމާލޭ ފޭސް 2 ހިއްކަވާފައި މާލެއާ ހުޅުލެއާ ދޭތެރޭ ގުޅުވާލެވޭނެ ގޮތް ރައްޔިތުންގެ ކުރިމަތީގައި އޭގެ އިންޖީނިއަރިން ހަދާނެ ގޮތަކާއި އެއަށް ފައިސާ ހޯދާނެ ގޮތަކާއި އެ އަޅާނެ ގޮތް އެ އޮތީ އަމަލާ ބަހުން ދައްކަވާދެއްވައިފައި،" ނިހާން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ޕާޓީ އިން ރައްޔިތުންނަށް ވިއްކާ ނިމިފައި އޮންނަ ވައުދު ކޮޕީ ކުރައްވަން ނޫޅުއްވާށޭ ދަންނަވަން ބޭނުން،"

ރައީސް ޔާމީން މިހާތަނަށް ވައުދުތައް ވެވަޑައިގަންނަވަނީ އެމަނިކުފާނު އެކި ހަފްލާތަކުގައި ވާހަކުޅު ދައްކަވަމުންނެވެ. ޕީޕީއެމް އިން މިހާތަނަށް އެ ޕާޓީގެ މެނިފެސްޓޯއެއް އާމެއް ނުކުރެ އެވެ. އެކަމާ ގުޅިގެން ނިހާން ވިދާޅުވީ މާ ލަސްތަކެއް ނުވެ ޕީޕީއެމްގެ މެނިފެސްޓޯ ގަނޑުކޮށް ރައްޔިތުންނާ ހިއްސާ ކުރެވިގެން ދާނެ ކަމަށެވެ.