overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

2200 މީހުންގެ ސޮއި ލިބިއްޖެ، މިހަފުތާ ގޮތެއް ނިންމާނަން: އުމަރު

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް 2200 މީހުންގެ ސޮއި ލިބިފައިވާ ކަމަށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަމަށް އިއުލާންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ ފޯމްތަކަކާއެކު ނަންގަވާފައިވާ ސެލްފީއަކާއެކު އުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ސޮއި ހޯދުމުގައި ވޮލެންޓިއަރުންކޮށް ދެއްވި މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށާއި 2200 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ދިނީތީ އެކަމަށް ވެސް އިހުލާތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އުމަރު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިބުގައި ކުރިމަތިލުމާ ބެހޭ ގޮތުން މި ހަފްތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ގާނޫނުގައިވާ ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވޭނީ 1500 މީހުންގެ ތާއިދު ފޯމާއެކު އެވެ. ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވެ އެވެ.

އުމަރުގެ ހިއްސާ އޮންނަ ޓޫރިސްޓް ވޭލް ސަބްމެރިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުވި 1.8 މިލިއަން ރުފިޔާގެ އަދާކުރަމުން ނުދާ މައްސަލާގައި އުމަރުގެ ޕާސްޕޯޓް ސިވިލް ކޯޓުން ވަނީ ދާދި ފަހުން ހިފަހައްޓާފަ އެވެ. ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެއްވޭނެ އެވެ.

އުމަރު ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަ ކުރަން ނިންމެވުމާ ގުޅިގެން ވިޔަފާރީގެ ހުރިހާ މަސްލަހަތެއް ދޫކޮށްލައްވައި ކުންފުނިތަކުގައި ހުރި ހިއްސާތައް އެހެން ފަރާތްތަކަށް ބަދަލުކޮށްގެން ކަމަށާއި އެކަން ސިވިލް ކޯޓަށް ސާފުކޮށްދީފައިވާނެ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 23 ގައި ރިޔާސީ އިންތިހާބު އޮންނައިރު އުމަރުގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓު ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް މިހާތަނަކަށް ކެންޑިޑެސީ ހުށަހަޅާފައެއް ނުވެ އެވެ. މިހާތަނަށް ކުރިމަތިލައްވާފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެކަންޏެވެ.