ރިޔާސީ އިންތިހާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަަންޑާރަ ނާއިބުކަން ކުރައްވައި އިސްތިއުފާ ދެއްވެވި ހުސްނުއް ސުއޫދެވެ.
އޭނާގެ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިޚާބުތަކާއި ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ނުވާތީ އެ ދުވަހު ވޯޓްލުމުގައި ރައްޔިތުންނަށް ދިމާވާނެ އުނދަގޫ ފިލުވުމުގެ ގޮތުން އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.