overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރީރަޖިސްޓާ ކުރުން: ގާނޫނާ ހިލާފު ނުވާނަމަ ވަޒީފާ ނުގެއްލޭނެ

ސަރުކާރު މުއައްޒަފުން ރީ ރަޖިސްޓާ ކުރުމުގައި ގާނޫނާއި ގަވައިދުތަކާ ހިލަފު ނުވާނަމަ ވަޒީފާގެ ރައްކާތެރިކަން ދޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސަރުކާރު މުއައްޒަފުންނަށް މަޖުބޫރުކޮށްގެންނާއި ބިރު ދައްކައިގެން ރީރަޖިސްޓާ ކުރުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރުވަމުންދާ ކަމަށް ބުނެ ސީއެސްސީއަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން މިއަދު އެ ކޮމިޝަނުން ނެރުން ބަޔާނުގައި ވަނީ ސަރުކާރު މުއަައްޒަފުން ސިޔާސި ހަރަކާތްތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ފާހަގަކޮށްފަ އެވެ.

ސީއެސްސީ އިން ބުނީ ރިޔާސީ އިންތިހާބުގެ ކަންކަމުގައި ބައިވެރުވުމުގައި ސަރުކާރު އެންމެހާ މުއައްޒިފުން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށާއި އެގޮތަށް އަމަލު ކުރާ މުއައްޒަފުންނަށް ދޭން ޖެހޭ ވަޒީފާގެ ރައްކާތެރިކަން އެ ކޮމިޝަނުން ކަށަވަރުކޮށްދޭނެ ކަމަށެވެ.

ސަރުކާރު މުއައްޒަފުން ކޮށްގެން ނުވާނެ ކަމަށް 53 ވަނަ މާއްދާގައި ބުނާ ކަންކަން

- ސިވިލް ސާވިސް މުއައްޒަފުންގެ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ މަސައްކަތެއްގައި ބައިވެރިވުން.

- މުއައްޒަފުންގެ މަގާމުގެ މައްސޫލިއްޔަަތު އަދާ ކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ މުއައްޒިފުންގެ ވާޖިބުތަކާއި މައްސޫލިއްޔަތުތަކަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން،

- މުއައްޒަފުންގެ މަގާމްގެ ހައިސިއްޔަތުން ލިބޭ ބާރެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުން.

- މުއައްޒަރުން މަގާމުގެ މައްސޫލއްިޔަތު އަދާ ކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން.

ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ މުއައްޒިފުންގެ ރަސްމީ ގަޑިތަކުން ވީއްލުމަށް ފަހު ރީ ރަޖިސްޓްރޭޝަން މަސައްކަތް ކުރުވާ މައްސަލާގައި ސަރުކާރަށާއި ސީއެސްސީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި އެކަން ކުރަނީ ޕީޕީއެމް އިން ސަރުކާރުގެ މުއައްޒަފުންނަށް ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުތައް ކުރަމުން ދަނިކޮށް އޮފީސްތަކުން ފޮނުވާ ރީ ރަޖިސްޓާ ފޯމްތައް އެންޓާ ކުރަން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އެމަނިކުފާނަށް ދަންނަވާ ވީޑިއޯއެއް މިފަހުން ވަނީ އާންމުވެފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ދޮގެއް ނުކުރެ އެވެ. އެ ޕާޓީން ބުނާ ގޮތުން ރީ ރަޖިސްޓާ ކުރުމަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި އެކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ކުރެވޭނެ ކަމަށެވެ. އެ މައްސަލައަށް އިޝާރަތް ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވެސް އިއްޔެ ވިދާޅުވީ އެކަމުގައި އެއްވެސް ނޭދެވޭ ނުފޫޒެއް ސަރުކާރުން ފޯރުވަމުން ނުދާ ކަމަށެވެ. އަދި މީހުން ރީ ރަޖިސްޓްރީކުރުމަށް ސަރުކާރުން ބާރު އަޅަންޖެހޭ ކަމަށާއި އެއީ ޖާއިޒު ނުފޫޒެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.