ހަބަރު

ކެމްޕޭން ކުރައްވަން ޝަހީމް މާދަމާ ފުވައްމުލަކަށް

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޕީޕީއެމްގެ ރަނިން މޭޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝާހީމް އަލީ ސައީދު މާދަމާ ފުވަމުލަކަށް ފުރާވަޑައިގަތުމަށް ނިންމައިފި އެވެ.

ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވަމުލަކުގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމަށް މާދަމާ އެ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގަަތުމަށް ފަހު ޝަހީމް ކެމްޕެއިންއަށް ފުރަތަމަ ވަޑައިގަތީ އެމަނިކުފާނުގެ އުފަން އަތޮޅި، ގއ. އަށެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ މެލޭޝިޔާއަށް ވަޑައިގެން އެ ގައުމުގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލު ކުރައްވާ ރައީސް ޔާމީންއަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވައިފަ އެވެ.

ޝަހީމް މާދަމާ ފުވަމުލަކަށް ވަޑައިގަންނަވާއިރު ރަމަޝްރޫއުތައް އިފްތިތާހު ކުރުމަށް ރައީސް ޔާމީން އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް ނިންމަވާލެއްވުމަށް ފަހު މިއަދު ވަނީ އެނބުރި މާލެ ވަޑައިގެންފަ އެވެ.