overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

"ޖުމްހޫރީ ވިންދު" ގައި އައިޝާ މާދަމާ އދ. އަތޮޅަށް

އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯދުމަށް ގާސިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ މާދަމާ އދ. އަތޮޅަށް ވަޑައިގަންނަން ނިންމަވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އުފަން އަތޮޅަށް އައިޝާ ވަޑައިގަންނަވަނީ ކެމްޕެއިނަށް ހާއްސަކޮށްފައިވާ "ޖުމްހޫރީ ވިންދު" ކިޔާ ލޯންޗެއްގަ އެވެ. ޖުމްހޫރީ ޕާޓީން ބުނީ އެއީ އިބޫއާއި ފައިސަލް އަށް ތާއީދު ހޯދައިދޭން ރާއްޖޭގެ އެކި ހިސާބުތަކަށް ކެމްޕޭން ދަތުރުތަކެއް ކުރަން ހާއްސަކޮށްފައިވާ ލޯންޗެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޗީޕް ސްޕޯކްސް ޕާސަން އަލީ ސޯލިހު އަވަސްއަށް ވިދާޅުވީ، މިމަހުގެ 10 އިން 14 އަށް އައިޝާގެ އެ ދަތުރުގައި އދ. ގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށާއި، ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ އިބޫ އާއި ފައިސަލްއަށް ތާއިދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައިޝާ ވަނީ މި ހަފުތާގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓާއި، ރަނިންމޭޓަށް ތާއީދު ހޯދައިދޭން، ލ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފަ އެވެ.

މާދަމާ އައިޝާ އދ.އަށް ފުރާ ވަޑައިގަންނަވާ އިރު، ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި، ރަނިންމޭޓް ފައިސަލް ނަސީމް ވަނީ މިއަދުވެސް މާލެ ސަރަހައްދުގައި ޑޯޓުޑޯގެ ހަރަކާތައް ބާއްވާފަ އެވެ. އެގޮތުން އިބޫ މާލޭގެ ބައެއް ގެތަކަށް ޒިޔާރަތްކުރެއްވި އިރު ފައިސަލް ވަނީ ހުޅުމާލޭގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވާފަ އެވެ.