overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލީ ބޭފުޅާގެ ފޯމް ބާތިލްކޮށްފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގެ ތެރޭގައި، އެ އިންތިހާބުގައި ވާދަކުރަން އަމިއްލަ ގޮތުން ކުރިމަތިލެއްވި، ދަފުތަރު ނަންބަރު 6562، ހުސެއިން ނަސީރުގެ ފޯމް ބާތިލް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އޭނާގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީ އިން ނިންމި ސަބަބާ ގުޅޭ ގޮތުން އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އޭނާގެ ފޯމް ބާތިލް ކުރީ އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނަ ނަމަ، ހުށަހަޅަން ޖެހޭ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުން އާއި އޭނާގެ ރަނިންމޭޓަކަށް ހުށަހަޅުއްވާފައިވާ ޝޭހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑްތަކެއް ހުރުމުން ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް އިން ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވާނެ އެވެ. އަކުރަމް ވިދާޅުވީ އެ ވަގުތުގެ ކުރިން ފޯމް އިސްލާހުކޮށް އަލުން ހުށަހެޅުމަށް ނަސީމަށް ފުރުސަތު ދޭން ނިންމާފައި ނުވާ ކަމަށެވެ.

މިހާތަނަށް އިންތިހާބުގައި ވާދަކުރަން ކުރިމަތިލެއްވީ، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ. ދެން ކުރިމަތިލެއްވީ، ޕީޕީއެމްގެ ފަރާތުން މިހާރުގެވެސް ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީން އެވެ. އިބޫ އާއި ފައިސަލްގެ ކެންޑިޑެސީ ސައްހަ ކަމަށް އީސީ އިން ވަނީ ބަލައިގެންފަ އެވެ. ރައީސް ޔާމީން އިންތިހާބަށް ކުރިމަތިލައްވަން ފޯމް ހުށަހެޅީ އިއްޔެ އެވެ.