overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ރައްޔިތުންނަށް މިފަހަރު ދެ ޗޮއިސް: އިބޫ އާއި ރައީސް ޔާމީން

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ އެތައް ގޮތަކުން ހާއްސަ ދުވަހެކެވެ. ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް މި ގައުމުގެ ޒައާމަތާއި ހަވާލުވާނެ ވެރިއަކު ދިވެހި ރައްޔިތުން އިންތިހާބު ކުރާނީ އެ ދުވަހު އެވެ. އެދުވަހަކަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ތިބީ ކެތްމަދުވެފަ އެވެ. އެއް ބަޔަކު ތިބީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން އިތުރު ދައުރަކަށް ދައްމާލުމަށް ކަމަރު ބަނދެގެން އެވެ. އަނެއް ބަޔަކު ތިބީ މި ވެރިކަން ނިންމުމަށް ކޮންމެ ގުރުބާނީއެއް ވުމަށް ނިކުމެ އެވެ. ކެމްޕޭންގެ ފޯރި ވެސް މިހާރު އަންނަނީ ވަައިގައި ހިފަމުން އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ވަގުތު އިއްޔެގެ ނިޔަލަށް ހަމަވި އިރު، މިހާރު ޔަގީން ވެފައިވާ ދެ ކެނޑިޑީޓުންނަކީ އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ ޕީޕީއެމްގެ ކެނޑިޑޭޓް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ، އަބުދުﷲ ޔާމީން އަބުުދުލް ގައްޔޫމާއި، އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. މި ދެ ބޭފުޅުންގެވެސް ކެންޑިޑެސީ ބަލައިގަނެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ރަސްމީކޮށް ބުނެފަ އެވެ. އެއާ އެކު މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކާއި މި ފަހަރުގެ އިންތިހާބު ހާއްސަވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އަދި އިންތިހާބުގެ ކުރިން އިދިކޮޅު ފަރާތްތަކުގެ ޝަކުވާތައް ވެސް އިންތިހާއަށް ގިނަ އެވެ.

ދެ ކެނޑިޑޭޓަކު އެކަނި ވާދަކުރާ ފުރަތަމަ ފަހަރު

ފެހި ގާނޫނު އަސާސީން ގިނަ ޕާޓީތަކެއް އެކުލެވޭ ގޮތުން 2008 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން މި ފަހަރު މިއީ ފުރަތަމަ ބުރުގައި ހަމަ އެކަނި ދެ ކެންޑިޑޭޓަކު ވާދަ ކުރާ ފުރަތަމަ ފަހަރުވެސްމެ އެވެ. އެގޮތުން 2008 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި، ޖުމްލަ 6 ފަރާތަކުން ވާދަކޮށްފައިވެ އެވެ. ޑީއާރުޕީގެ ފަރާތުން އޭރުގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީޕާޓީގެ ފަރާތުން ގާސިމް އިބްރާހިމާއި، އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އުމަރު ނަސީރާއި، ސޯޝަލް ލިބެރަލް ޕާޓީގެ ފަރާތުން އިބްރާހިމް އިސްމާއީލާއި، އަމިއްލަ ގޮތުން ވާދަ ކުރެއްވި ޑރ. ހަސަން ސައީދު ރޭހަށް ނިކުންނެވި އެވެ. ފުރަތަމަ ބުރު ނިމި ދެވަނަ ބުރަށް ކޯލީޝަން ހެދި އިރު، އިންތިހާބުގައި ވާދަކުރި ގިނަ ފަރާތްތަކަކުން އެރީ "ބަދަލަކަށް" ކަމަށްބުނެ އެމްޑީޕީ ފަހަތަށެވެ. އާޙިރުގައި އިންތިހާބު %53.65 ވޯޓާއެކު ކާމިޔާބު ކުރީވެސް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދެވެ.

ދެން އައި 2013 ގެ ރިޔާސީ އިންތިހާބުގައި ހަތަރު ފަރާތަކުން ވާދަ ކުރި އެވެ. އެއީ އެމްޑީޕީ ސަރުކާރު ވެއްޓުމާއެކު ވެރިކަމާއި ހަވާލުވެ ހުރި، އޭރު ރައީސް ޑރ. މުހައްމަދު ވަހީދު ހުސައިން މަނިކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ފަރާތުން ރައީސް އަބުދުﷲ ޔާމީނެވެ.

ޑރ. ވަހީދު ކުރިމަތި ލެއްވި ފުރަތަމަ ބުރުގެ ވޯޓް ސްޕްރީމްކޯޓުން ބާތިލްކުރިއެވެ. އެ ފަހަރު ޑރ. ވަހީދަށް ލިބިވަޑައިގަތީ %5.13 އެވެ. ގާސިމް އިބްރާހިމަށް، %24.07 ލިބިވަޑައިގެންނެވި އިރު، ރައީސް ނަޝީދަށް %45.45 އަދި ރައީސް އަބުދުﷲ ޔާމީނަށް %25.35 ލިބިވަޑައިގަތެވެ. އެ ވޯޓް ބާތިލް ކުރުމަށްފަހު ދެން ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހިމަށް، %23.35 ލިބިވަޑައިގެންނެވި އިރު، ރައީސް ނަޝީދަށް %46.93 އަދި ރައީސް އަބުދުﷲ ޔާމީނަށް %29.72 ލިބިވަޑައިގަތެވެ.

ދެވަނަ ބުރަކާ ހަމަޔަށް ދިޔަ އިރު ރައީސް މައުމޫންގެ އެދިވަޑައިގަތުމާއެކު، ގާސިމް އެރުއްވީ ރައީސް ޔާމީންގެ ފަހަތްޕުޅަށެވެ. އެގޮތުން ދެވަނަ ބުރުގައި %51.39 ލިބިވަޑައިގެން ރައީސް ޔާމީން 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ.

އިންތިހާބުގެ ކުރިން ކޯލިޝަނަކާއެކު ވާދަ ކުރާ ފުރަތަމަ ފަހަރު

އެގޮތުން 2008 އަދި 2013 ގައިވެސް އިންތިހާބު ކާމިޔާބުކުރީ އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ ހިމެނޭ ކޯލިޝަންތަކެއްގެ ތެރެއިން އެވެ. އެހެން ނަަމަވެސް އެ ކޯލިޝަންތައް ވުޖޫދަށް ގެނެސްފައިވަނީ ފުރަތަމަ ބުރު ނިމި ދެވަނަ ބުރުގެ ވޯޓާ ހަމައިންނެވެ. އޭގެ ބަދަލުގައި މި ފަހަރުގެ ރިޔާސީ އިންތިހާބަށް އިއުލާން ކުރުމުގެ ކުރިންވެސް މިއޮތީ ބޮޑު ކޯލިޝަނެއް އުފެދިފަ އެވެ.

އެގޮތުން ރައީސް އަބުދުﷲ ޔާމީން 2013 އަށް އެކުލަވާލި ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަދިވެސް އޮތީ އެ ކޯލިޝަންތެރޭގަ އެވެ. އެހެން ނަމަވެސް މި ފަހަަކަށް އައިސް އެމްޑީއޭއާއި ޕީޕީއެމްއާ ދެމެދު މައްސަލަތަކެއް އުޅޭކަމުގެ އަޑުތަށް ވަރަށް ވެސް ގަދަ އެވެ. އެހެން ކަމުން އެ ކޯލިޝަން ރޫޅުމުގެ ފުރުސަތުވެސް އެބައޮތެވެ. އެމްޑީޕީގެ ކޯލިޝަންއަށް ބަލާއިރު، އެ ޕާޓީއާކު، ޖުމްހޫރީޕާޓީއާއި، އަދާލަތު ޕާޓީގެ އިތުރުން، ރައީސް މައުމޫންގެ ރިފޯމް މޫވްމަންޓް އެބައޮތެވެ. ޕީޕީއެމްގެ ކެމްޕެއިންގައި އެމްޑީއޭއިން ހަރަކާތްތެރިވާތަނެއް އަދި ނުފެނެއެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ކެމްޕެއިން ކުރަމުންދަނީ ހުރިހާ ޕާޓީއެއްވެސް އެކުލެވޭ ގޮތަށެވެ.

އިންތިހާބުގެ މިނިވަން ކަމާއި، އީސީއާ މެދު ޝައްކުތައް

އިންތިހާބު ބޭއްވުމުގެ މާ ކުރިންސުރެ އިންތިހާބު ސައްޙަވާނެ ކަމާއިމެދު އިދިކޮޅު ފަރާތްތަކުން ވަނީ ޝައްކު އުފައްދާ އެކަމުގެ ޝަކުވާވެސް އުފުލާފައެވެ. ހާއްސަކޮށް އިލެކްޝަންސް ކޮމިޝަން އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށްބުނެ ކުރަމުންދާ ޝަކުވާތަކުގެ އަޑުތަށް ބާރެވެ. އެ އަޑުތަށް އިތުރަށް ބާރުވެގެންދިޔައީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ސުލައިމާން އިސްތިއުފާދެއްވިތަނާހެން، އެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި އަހުމަދު ޝަރީފު ހަމަޖެއްސުމުންނެވެ.

ރައީސް ޔާމީންގެ ކެމްޕެއިންގައި އެހާ އެކްޓިވްކޮށް އުޅުއްވި ބޭފުޅަކު އެ މަގާމަށް ވަޑައިގަތުމަކީ އިދިކޮޅަށް ބަލައިގަންނަން ދަތިކަމަކަށް ވިއެވެ. މީގެ އިތުރުން ރީ-ރަޖިސްޓްރޭޝަަން ޕްރޮސެސްގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި، އޮފީސްތަކުގެ މުވައްޒަފުންގެ ފޯމްތަށް ޕީޕީއެމް އޮފީހަށް ގެންދާ ކަމުގެ ޝަކުވާއާއި، މިހާތަނަަށް އައިއިރުވެސް އެތަނުން ބައެއް ފޯމްތަށް ރެޖިސްޓާވެފައި ނެތުމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކެމްޕޭންގައި ސަރުކާރުގެ މުވައްޒަފުންނާއި ވަސީލަތްތައް

ރައީސް އަބުދުﷲ ޔާމީން އިންތިހާބަށް ކުރިމަތި ލައްވާފައިވާއިރު، ސަރުކާރުގެ މުވައްޒަފުންނާއި، ވަސީލަތްތަށް އެމަނިކުފާނުގެ ކެމްޕެއިންގައި ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާވެސް ބޮޑެވެ. އަދި ޙުދު ޕީޕިއެމްގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވެސް ވަނީ އެގޮތަށް އަމަލު ކުރާނެ ކަމަށް މީޑިއާގައި ހަރުއަޑުން ވިދާޅުވެފައެވެ. އަދި އެމައްސަލަ އިދިކޮޅުން ވަނީ ފުލުހާއި، އޭސީސީއާއި، އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފަ އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނާއި، ވެހިކަލްތަށް ބޭނުންކޮށްގެން، ޕީޕީއެމްގެ ދިދަތަކާއި، ދިދަފަތިތަށް ދަމާ ކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ދަނީ އުފުލަމުންނެވެ. ސަރުކާރުގެ ރަސްމީ ދަތުރުފުޅުތަކުގައި ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ކެމްޕެއިން ކުރައްވަމުން ވަޑައިގަންނަވާ ކަމުގެ ޝަކުވާގެ އަޑުތަށްވެސް އެހާމެ ގަދައެވެ. މިކަން މިހެން ހުރި އިރު، އެންޓި ކޮރަޕްޝަން ކޮމިޝަން ހަނު އޮތުމުން، އެ ކޮމިޝަނަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށްބޮޑަށް ފާޑު ކިޔާފައެވެ.

ކެމްޕެއިން ކުރުމަށް ހަމަ ހަމަ ފުރުސަތު ލިބޭތަ؟

ރިޔާސީ އިންތިހާބަށް މަދު ދުވަސް ކޮޅަކަށްވެފައިވާއިރު، ހަމަ ހަމަ ކަމާއިއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބުމުގެ ޝަކުވާވެސް ބޮޑެވެ. ޕީޕީއެމްގެ ދިދަފަތިތަކާއި، ދިދަތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދަމާފައި ހުރި އިރު، އެމްޑީޕީއަށް އެ ފުރުސަތު ނުލިބޭ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. އެގޮތުން ފުލުހުންގެ ފަރާތުން އެމްޑީޕީގެ ކެމްޕެއިނަށް ހުރަސް އަޅަމުންދާ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އިދިކޮޅުން ދަމާފައި ހުންނަ ދިދަ ތަކާއި، ބެނާތަށް އެކި ނަންނަމުގައި ކޯޓު އަމުރު ހޯދައިގެން ނަގާ ކަމުގެ ޝަކުވާވެސް ބޮޑެވެ.

މިކަންކަން މިހެން ހުރުމާއެކު، ރިޔާސީ އިންތިހާބު ރައީސް އަބުދުﷲ ޔާމީން ކާމިޔާބު ކުރެއްވި ނަަަމަވެސް، އެ ނަތީއްޖާ އިދިކޮޅު ފަރާތްތަކުން ގަބޫލުކޮށް، ބަލި ގަބޫލު ކޮށްފާނެ ކަމަށް ނުބެލެވެއެވެ. އެހެން ކަމުން މި ޝަކުވާތަކަށް ނިމުމެއް އަންނަން މިހާރުވެސް މިވަނީ މާ ލަސްވެފައެވެ. ކުރިޔަށް މިއޮތް މަދު ދުވަސްތަކުގައި މިކަންކަން ހައްލުނުވެއްޖެނަމަ ރާއްޖެ ގެބިގެން ދާނީ އާ ޒާތެއްގެ ހަމަނުޖެހުމަކާއި ބިރުވެރިކަމެއްގެ ތެރެއަށެވެ.