overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
އުމަރު ނަސީރު

އުމަރުގެ ބަޔާނަށް ކުލާހެއް ނަގައިދީފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން އޭނާ ނިންމެވީ މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ގައުމުގައި ހުރި މައްސަލަތަކައް ހައްލު ހޯދައިދެއްވިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭތީ ކަމަށް ނެރުއްވި ބަޔާނެއް މެދުވެރިކޮށް ވިދާޅުވި އެވެ.

އިއްޔެ އެންމެ ބޮޑަށް ވައިގައި ހިފީ އުމަރުގެ މި ބަޔާނެ އެވެ. އެއީ އުމަރު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވުމާއި ގުޅިގެން އެކަންޏެއް ވެސް ނޫނެވެ. މި ބަޔާނުގައި ބޭނުން ކޮށްފައިވާ އިބާރާތްތަކުގައި ގިނަ އިމްލާ ކުށްތަކެއް ވެސް ހުރެގެނެވެ.

އުމަރު ނެރުއްވި ބަޔާނުގައި ހުރި އިމްލާ ކުށްތައް ރަނގަޅުކޮށްފައި އާންމުންގެ މީހަކު އާން

އާންމުންގެ މީހަކު ވަނީ ބަޔާނުގައި ހުރި ކުށްތައް އިސްލާހު ކޮށްދީ ސޯޝަލް މީޑިއާގައި ބަޔާން އަލުން އާންމުކޮށްފަ އެވެ. ސޯޝަލް މީޑިއާގައި ވަރަށް ހަލުވި މިނެއްގައި މި ބަޔާން ދައުރުވި އެވެ.

ގިނަ ބައެއްގެ ފާޑުކިޔުންތައް އުމަރުގެ ބަޔާނަށް އަމާޒުވެގެން ދިޔަ އެވެ. ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން އުމަރު ނެރުއްވާފައިވާ ބައެއް ބަޔާންތަކުގައި ވެސް މިފަދަ ކުށްތައް ހުރިކަން ފާހަގަކޮށް ފާޑުކިޔާފަ އެވެ.