overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

95،000 މީހުން ރީރަޖިސްޓާ ކުރާނެ ކަމަށް ގަބޫލެއް ނުކުރަން: މާރިޔާ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 95،000 މީހުން ރީރަޖިސްޓާ ކުރަން ފޯމް ހުށަހެޅި ކަމަށް ބުނި ނަމަވެސް، އެއީ ބުއްދިއަށް ގަބޫލު ކުރެވޭ ވަރުގެ އަދަދެއް ނޫން ކަަމަށާއި، އެއީ އިލެކްޝަނުން ހައްދަވާ ގޯހެއް ކަމަށް އެމްޑީޕީގެ ރިޔާސީ އިންތިޙާބުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ މާރިޔާ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވަނީ، 68،000 ފޯމް ކަމަށެވެ. އަދި މިހާ ހިސާބަށް އައި އިރު، އިލެކްޝަނުން ދީފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އަލަށް ވޯޓު ލެވޭ ކުދިންގެ އަދަދު އުޅެނީ 10 އިންސައްތައިގައި ކަމަށެވެ. އެހެން ކަމުން އެއީ ގާތްގަނޑަކަށް 75،000 ފޯމް ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުން ނުވަދިހަ ފަސްހާސް މީހުން ރީ ރަޖިސްޓާ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނުމަކީ ބުއްދިއަށް ގަބޫލު ކުރަން ދަތިކަމެއް ކަމަށާއި، ގުޅިފައިވާ ޕާޓީތަކުން ދެކެނީ އެއީ އިލެކްޝަންސް ކޮމިޝަނުން ހަދަމުންދާ ގޯހެއް ކަމަށާއި، އެކަމާއި ކަންބޮޑުވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ސަރުކާރުގެ އޮފީސްތަކުން ހުށަހަޅާފައިވަނީ، ކިތަށް ފޯމް ކަމާއި، އެފޯމް ހިފައިގެންދިޔަ މުވައްޒަފެއްގެ މައުލޫމާތު ދިނުމަށް އެދޭ ކަމަށެވެ. އެގޮތަށް އެދެން ޖެހެނީ އެގޮތަށް ފޮނުވާފައިވާ ފޯމްތަށް އަދިވެސް ރަޖިސްޓްރީވެފައިނުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ. މީގެ އިތުރުން މިހާރު އުފެދިފައިވާ ޝައްކާއި ވަހުމްތަށް ފިލުވަން އިލެކްޝަންސް ކޮމިޝަނުން ވަރަށް ސާފު މައުލޫމާތުތަކެއްވެސް ބޭނުންވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގުޅިފައިވާ ސީޔާސީ ޕާޓީތަކުގެ ވެރިކަމެއް ގާއިމްވެއްޖެ ނަމަ ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ކުންފުނިތަށް އުވާލާ އެތަންތަނުގައި ވަޒީފާގައިތިި ފަރާތްތަކުގެ ވަޒީފާގެއްލުވާލާނެ ކަމަށްބުނެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ ވެރިން އޮޅުވާލަމުންދާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ އެއީ ބޮޑު އޮޅުވާލުމެއް ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ ވަޒީފާ އިތުރުކޮށް، ވަޒީފާތަކުގައި ދެމި ހުރެވޭނެކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.