overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

86،000 ފޯމް ތެރޭގައި ސައްހަ ނޫން ފޯމްތަކާއި ރިޕީޓް ފޯމްތައް ހިމެނޭ: އީސީ

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވުމަށް ރެއާ ހަމަޔަށް ހުށަހަޅާފައިވާ 86،000 ފޯމުތަކު ތެރޭގައި ސައްހަ ނޫން ފޯމުތަކާި ރިޕީޓްވެފައިވާ ފޯމްތައް ހުރުން އެކަށީގެންވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރީ ރަޖިސްޓްރޭޝަންއާ ބެހޭ ގޮތުން ފަހުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ މިދިޔަ އިންތިހާބުގައި ރީ ރަޖިސްޓްރީ ކުރުމަށް 60،000 - 70،000 އާ ދެމެދުގެ އަދަކަކަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ފޯމް ސައްހަކޮށް އެފަހަރު ރަޖިސްޓާވެފައި ވަނީ 58،000 ފޯމް ކަމަށެވެ. މިހާތަނަށް ހުށަހެޅުނު ފޯމްތަކުގެ ތެރޭގައި ވެސް ސައްހަ ނޫންފޯމްތަކާއި ރިޕީޓް ފޯމް ހުރުން އެކަށީގެންވާ ކަމަށާއި ފައިނަލް އަދަދުތައް އާންމު ކުރައްވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އިންތިހާބާ ގުޅުން ހުރި ކަންކަމުގައި އަޅުގަނޑުމެން އަބަދުވެސް ވަރަށް ޕޮޒިޓިވްކޮށް ނަގަނީ ފާއިތުވެދިޔަ އިންތިހާބަށް ވުރެ މި އިންތިހާބުގެ ނިސްބަތުން އާބާދީ ވަނީ އިތުރުވެފައި ވޯޓުލާ އާބާދީ ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައި، މާލެއަށް ހިޖުރަ ކުރާ ފަރާތްތަކުން ވަނީ އިތުރުވެފައި އިންތިހާބުގައި ވޯޓުލާ ފަރާތްތައް ވެސް ގިނަވެފައި ވަނީ،" އަކްރަމް ވިދާޅުވި އެވެ. "މީގެ ތެރޭގައި ސައްހަ ނޫން ފޯމްތަކާއި ރިޕީޓްވެފައި ހުރި ފޯމްތައް ވެސް ހުރުން އެކަށީގެންވޭ،"

މިއަދު ވެސް ވަރަށް ދިގު ކިއޫތައް ހަދާލައި ގިނަ އަދަދެއްގެ މީހުން ރީ ރަޖިސްޓާ ކުރަމުން އަންނަ ކަމަށާއި އެ ހުރިހާ ފަރާތްތަކެއްގެ ފޯމް ޕްރޮސަސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި މިރޭ އެ ފުރުސަތު ބަންދުވާ އިރު ޖުމުލަ އަދަދުތައް މާދަމާ ހާމަ ކުރާނެ ކަމަށާއި ރީރަޖިސްޓްރީ ކުރަން 95،000 މީހުން ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ވޯޓުލާ މީހުންގެ އަދަދު 95،000 އަށް އަރާނެ ކަމަށް އީސީއިން ލަފާ ކުރި އިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ އަދަދަށް ނާރާނެ ކަމަށް ބުނަމުންނެވެ. އަދި އޭގެ ސައްހަ ކަމާމެދު އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.