overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރީރަޖިސްޓާ ކުރަން ޕީޕީއެމް އިން ދެ ދުވަހެއްގެ ތެރޭ 20،000 ފޯމް ހުށަހެޅި: އީސީ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން މިދިޔަ ދެ ދުވަހުގެ ތެރޭގައި 20،000 ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ ރަޖިސްޓާ ކުރުމަށް ސިޔާސީ ޕާޓީތަކުގެ ފަރާތުން ވެސް ގިނަ އަދަދަކަށް ފޯމްތައް ލިބެމުންދާއިރު ޕްރޮސަސް ކުރުމުގައި ލަސްތަކެއް ވަމުން އަންނަނީ ފޯމްތައް ގަނޑުކޮށް ހުށަހަޅާފައި ހުރުމުން ކަމަށެވެ. އެގޮތުން ހާއްސަކޮށް މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ޕީޕީއެމް އިން ދުވާލަކު 10،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ތިން ދުވަހަކީ ވަރަށް ގިނަ ފޯމްތައް ލިބެމުން ދިޔަ ދުވަސްތަކަކަށް ވާތީ ހާއްސަ ގޮތެއްގައި ސިޔާސީ ޕާޓީތަކުން ވަރަށް ގިނަ އަދަދަކަށް ތިން ދުވަހުގެ ތެރޭގައި ފޯމްތައް ބަލްކުކޮށް ގެނެސްފައި ވަނީ، މިސާލަކަށް އަޅުގަނޑުމެން ފާހަގަކޮށްލާނަން ޕީޕީއެމް އިން ވެސް ފާއިތުވެ ދިޔަ ދެ ދުވަހެއްގެ ތެރޭގައި ކޮންމެ ދުވަހެގައި 10،000 އަށް ވުރެ ގިނަަ ފޯމް ހުށަހަޅާފައި އެބަވޭ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް މިހެން ވިދާޅުވުމުން ޕީޕީއެމް އާއި އެމްޑީޕީ އިން މިއިން ކޮންމެ ޕާޓީއަކުން ޖުމްލަ ކިތަށް ފޯމް ހުށަހަޅާފައިވާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރީރަޖިސްޓްރޭޝަން އެކީ ނުނިމެނިސް، ޕާޓީތަކުން ހުށަހެޅި ފޯމްގެ ޖުމްލަ އަދަދު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ޕީޕީއެމް އިން އެއްފަހަރާ ގިނަ އަދަދަކަށް ފޯމް ހުށަހަޅާފައިވާ އިރު އެ ޕާޓީ މެދުވެރިކޮށް ރަޖިސްޓާ ކުރި މީހުން ރަޖިސްޓާ ނުވާ ކަމަށް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުން އެވެ. އަދި ސަރުކާރު މުއައްޒަފުންނާއި ކުންފުނިތައް މެދުވެރިކޮށް ވެސް ރަޖިސްޓާ ކުރާ ހުރިހާ ފޯމެއް ޕީޕީއެމް އޮފީހަށް ދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެ މީހުން ވެސް ރަޖިސްޓާ ނުވެ ތިބި ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެ ތުހުމަތުތައް ޕީޕީއެމްއިން ދޮގު ކުރެ އެވެ.