overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެއްވެސް ކެންޑިޑޭޓަކު ނުނެރޭ ފަދަ ދީނީ ސިޔާާސަތުތައް ފެނިގެންދާނެ: އިބޫ

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދޭނެ ކަމަށާއި އެއްވެސް ކެންޑިޑޭޓަނު ނުުނެރޭ ފަދަ ދީނީ ސިޔާސަތުތަކެއް ފެނިގެންދާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ސަރުކާރެއްގެ ދީނީ ސިޔާސަތަކަށް ވާނީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމި އޮތުމަށް ކުރާ މަސައްކަތް ކަމަށާއި އެގޮތުން މުޖުތަމައު ބިނާ ކުރައްވާނީ ސައްހަ އިސްލާމީ އަގީދާއެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖޭގައި އެހެން ދީނަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި އެއީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"އިރާދަކުރެއްވީއާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ހާމަވެގެން ދާއިރުގައި މިއިން ދުވަހަކު ރިޔާސީ ކެންޑިޑޭޓަކު ނުނެރޭ ފަދަ ދީނީ ސިޔާސަތުތައް އިދިކޮޅު މެނިފެސްޓޯ އިން ފެނިގެން ދާނެ، އޭގެ ނަތީޖާއަކަށް ވެގެން ދާނީ ރާއްޖޭގެ މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް އަންނަތަން ފެނިގެން ދިޔުން،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓިތަކުން އަންނަނީ ރާއްޖޭގައި ތިބި ރައްޔިތުން އިތުބާރު ކުރާ ރައްޔިތުން ގަބޫލު ކުރައްވާ އެހެނިހެން އިލްމުވެރިންނާ މަޝްވަރާ ކުރައްވާ ސިޔާސަތުތައް އެކުލަވާލަމުން ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީ އާއި ރައީސް މައުމޫން ވެސް އިދިކޮޅު ކޯލިޝަނާއެކުގައި ހުންނެވި އިރު އެ ބޭފުޅުންގެ ވިސްނުމުގެ އަލީގައި އެ ސިޔާސަތުތައް ބައްޓަން ކުރައްވަމުން އަންނަ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވި އިރު އިދިކޮޅު ޕާޓީތަކަށް އެންމެ ބޮޑަށް ސަރުކާރުން ފާޑު ކިޔަނީ ދީނީ ކަންކަމާ ގުޅުވައިގެނެވެ. އެގޮތުން އިދިކޮޅު ސަރުކާރެއްގައި ރާއްޖޭގެ އިސްލާމް ދީން ނެތިގެން ދާނެ ކަމަށް ބުނެ ޕީޕީއެމްގެ އިން ބުނަމުންދެ އެވެ.