overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިބޫއަށް ސުވާލެއް: ކޯލިޝަން މިފަހަރު ކިހާވަރަކުން ދާނެ؟

ގިނަ ޕާޓީތަކެއް އެކުލެވޭ ޑިމޮކްރަޓިކް ނިޒާމަކަށް ބޯލަނބައި، އައެއަށް އަމަލު ކުރަން ފެށި ފަހުން ކޯލިޝަންއަކީ ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމުން އަބްދުލް ގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެންނައުމަށާއި 2013 ގައި ރައީސް ނަޝީދު އަލުން ވެރިކަމަށް އިންތިހާބުވިޔަ ނުދިނުމަށްޓަކައި ވެސް ޖެހީ ކޯލިޝަންގެ ފޯމިއުލާއެކެވެ. ނަމަވެސް ވެރިކަމަށް އަންނަން ޖަހާ އެ ފޯމިއުލާ، މިހާތަނަށް ވެފައި ވަނީ ވެރިކަންތައް ނިމުމަކަށް އައުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކަށެވެ. ކޯލިޝަންގެ އެ ހިތި ތަޖުރިބާތަކުގެ ދިވެހިންގެ ހަނދާންތައް ފިލާ ނުދަނީސް އަނެއްކާ ވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ކުރިމައްޗައް ދައްކާ ކުރަހަން ފެށީ ކޯލިޝަން ސަރުކާރެއްގެ މަންޒަރެވެ.

ރިޔާސީ އިންތިހަބަކަށް ކުރިމަތިލާފައިވާ އިރު ތަފާތު ސިޔާސީ ފިކުރު ގެންގުޅުއްވާ ހަތަރު ލީޑަރުން އެއް ސަރުކާރެއްގެ ތެރޭގައި މަސައްކަތް ކުރެވޭނެ ކަަމީ މިފަހަރު އެހާ "ވިކޭނެ" ވާހަކައެއް ނޫން ކަމަށް ވާދަވެރި ޕީޕީއެމް އިން ބުނެ އެވެ. އެ ޕާޓީގެ ކެމްޕެއިން ހުރިހާ ޖަލްސާތަކުގައި މާޒީއިން ލިބިފައި ހުރި ތަޖުރިބާގެ އަލީގައި ޔަގީންކަމާއެކު ދައްކާ ވާހަކައަކީ ވެސް އެއީ އެވެ. އެހެންކަމުން މިފަހަރުގެ ކޯލިޝަން ކުރިއާ ވަކި ތަފާތުވާންވީ ކީއްވެ ހެއްޔެވެ؟ އިދިކޮޅުގެ ސަރުކާރަކުން މާޒީ އަލުން އިއާދަވާނީ ހެއްޔެވެ؟

ރޭ ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިބޫ ވަނީ އެ މައްސަލައަށް އިޝާރަތް ކުރައްވާ ވާހަކަދައްކަވައިފަ އެވެ. މީގެ ކުރީގެ ކޯލިޝަަންތަކާއި ރައީސް މައުމޫންގެ ތާއީދާއެކުގައި މިހާރު ހަދާފައިވާ ކޯލިޝަންގެ ތަފާތާ އެ ފޯމިއުލާ މަސައްކަތް ކުރާނެ ގޮތް އިބޫ ވަނީ ސާފުކޮށްދީފަ އެވެ.

އަޅުގަނޑުމެން މިތިބީ ދެބަސްވުމަށް އެއްބަސްވެގެން، ދެބަސްވުންތަކެއް އުފެދޭނެ ކަމަށް ހިތުގެ އަޑިން ގަބޫލުކޮށްގެން، އެކަން ހައްލު ކުރެވޭނެ ގޮތްތައް ހޯއްދައިގެން
އިބޫ

އިބޫ ވިދާޅުވީ މި ފަހަރު ކޯލިޝަން އުފެދިގެން ދިޔަ ގޮތާއި އަމާޒު ހުރި ގޮތް ކުރިޔާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަަފާތެވެ. ކުރިން ކޯލިޝަން ހަދާފައި ވަނީ ހާލަތުގެ ސަބަބުން އިތުރު ގޮތެއް ނެތިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއް މޭޒެއް ކައިޔަށް އައިސް އެއް ކަމަކަށް އެއްބަސްވެގެންނެވެ. އެއީ އިންތިހާބުން މޮޅު ވުމުގެ ބަދަލުގައި ވާދަވެރި ފަރާތަށް ވެރިކަމަށް އައުމަށް ފުރުސަތު ނުދީ ބަލި ކުރުމަށެވެ.

"2008 ވަނަ އަހަރުގައި އެމްޑީޕީ ވެރިކަމަށް އައިއިރު ވެސް އަޅުގަނޑުމެންނާއި ޖުމްހޫރީ ޕާޓީ ގުޅިގެން ދިޔައީ އޭރު އޮތް ވެރިކަން ބަދަލު ކުރަން ޖެހިއްޖެ ކަމަށް ފެނިގެން، ހަމަ އެ ގޮތަށް 2013 ވަނަ އަހަރު އެމްޑީޕީއާ އިދިކޮޅަށް ކޯލިޝަން ހެދިގެން ދިޔައީ އެމްޑީޕީ ވެރިކަމަށް އަޔަ ނުދޭން، ހެދި ކޯލިޝަނެއް،" އިބޫ ވިދާޅުވި އެވެ.

އެއާ ހިލާފަށް މި ފަހަރު ކޯލިޝަން ހެދިގެން ދިޔައީ އިންތިހާބުގެ ދެ އަހަރު ކުރިން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ކޯލިޝަން އޮތީ ތައްޔާރުވެގެން ބަދަލު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް އެއްބަސްވެވިގެން އެގްރީމަންޓެއް ހަދައިގެންނެވެ. ކޯލިޝަނެއްގެ ވެރިކަން ދެމެހެއްޓޭނެ ގޮތާއި ރޫޅޭނެ ގޮތާއި ގާނޫން އަސާސީގައި ހިމަނަން ވަނީ ނިންމާފަ އެވެ. އިބޫ ވިދާޅުވި ގޮތުގައި ގާނޫނަކުން ބާރު ލިބިގެން އޮންނަ ކޯލިޝަން ދެމި އޮންނާނެ އެވެ.

އެއް ނުވާނެ ފަދަ ސިޔާސީ ފިކުރުތައް އެއްބައިވެގެން މިފަހަރު ނިކުންނަނީ ގައުމީ މަސައްކަތަކައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެއީ ފުރަތަމަ އިންސާފު ގެނެސް ގައުމު ހައްލަކަށް އަޅުވާ ސިޔާސީ ހަމަޖެހުން ގެނައުމެވެ.