overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ވައުދު: އެއް އަހަރުން ސިފައިންނާއި ފުލުހުންނަށް ފްލެޓް ދޭނަން

އިދިކޮޅު ސަރުކާރެއްގެ ފުރަތަމަ އަހަރު ނިމުމުގެ ކުރިން ސިފައިންނާއި ފުލުހުންގެ ފްލެޓުތައް އެ ފަރާތްތަކާ ހަވާލުކޮށް ދިރިއުޅެވޭނެ ގޮތް ހަދާދެއްވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން މަސައްކަތް ކުރާތާ ފަސް އަހަރުވެފައިވާ ކަމަށާއި އެގޮތުން އެ މީހުންގެ އަތުން ދެ އަހަރުގެ އެޑްވާންސްއަށްވާ ފައިސާ މުސާރައިން ކަނޑާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެއިން އެއްވެސް ފްލެޓަކަށް އެއްވެސް ފުލުހަކު ނުވަތަ ސިފައިންގެ މީހަކަށް ވަދެވިފައި ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅުގެ ސަރުކާރެއް އިންތިހާބުވެއްޖެ ނަމަ ސިފައިންނަށާއި ފުލުހުންނަށް ފްލެޓު ދިނުމުގެ މަސައްކަތް ފަށާނެ ކަަމަށާއި ގިނަ ވެގެން އެއް އަހަރުގެ ތެރޭގައި އެ ފަރާތްތަކަށް އެ ފްލެޓުތަކަށް ވަދެވޭނެ ގޮތް ހަދާ ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އިރާދަކުރެއްވީއަ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއް އަހަރުވާއިރު އެތަނުގެ ތެރެއަށް [ފުލުހުންނާއި ސަފައިންގެ] އާއިލާތަކަށް ވަދެ ދިރިއުޅެވޭނެ، މިހާރު ވެސް ފްލެޓު ލިބޭނެ ކަަމަށް ޔަަގީންކޮށްފައި ތިބި ފަރާތްތަކަށް ވަދެވޭނެ،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވެހިކަން ފޯރުކޮށްދީފައި ވަނީ ރައީސް މުހައްމަދު ނަޝިދު އާއި ރައީސް މައުމޫން ޗައިނާގެ އެހީއިން ހަމަޖައްސާފައިވާ ފްލެތުތަކަކުން ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަމުގެ އިތުރު އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ އިރު، ދޫކޮށްފައި ހުރި ފްލެޓުތައްވެސް ދީފައި ވަނީ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.