ޓީވީ ސީރީޒް

"ކަސޯޓީ"ގެ ނެރޭޓަރަކަށް ޝާހުރުކް

އަންނަ ސެޕްޓެމްބަރު މަހު ދިހައެއްގައި ދައްކަން ފަށާނެ ސްޓާ ޕްލަސްގެ ޑްރާމާ "ކަސޯޓީ ޒިންދަގީ ކީ" ދެ ވަނަ ސީޒަންގެ އިންޓްރޯއަށް ޝާހްރުކް ޚާންގެ އަޑުއަޅަން ނިންމާފައިވާކަމަށް ޕިންކް ވިލާއިން ބުނެފި އެވެ. މި ސީޒަންގައިވެސް ލީޑުން ފެނިގެންދާނެ ޕްރޭނާ އަދި އަނޫރާޖްގެ ކެރެކްޓަރު ތައާރަފުކޮށްދޭނީ އޭނާ ކަމަށް ވަނީ ބުނެފަ އެވެ.

މި ސީޒަންގެ ފުރަތަމަ ތިން އެޕިސޯޑުގައި ނެރޭޓަރެއްގެ ގޮތުގައި ޝާހުރުކް ބޭނުންކުރާނެ ކަމަށްވެ އެވެ. ޝާހުރުކް މި ޑްރާމާއަށް އަޑު އަޅަނީ ސްޓާ އިންޑިއާއާއެކު އޭނާ ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށްވެ އެވެ.

ރީބޫޓެއްގެ ގޮތުގައި ގެނެސްދޭ "ކަސޯޓީ" ގެ ދެ ވަނަ ސީޒަންގައި ޕްރޭނާގެ ރޯލުން ފެނިގެންދާނީ އެރިކާ ފިނާންޑޭޒް އެވެ. އަނޫރާގްގެ ރޯލުން ފެނިގެންދާނީ ޕާތު ސަމްތާން އެވެ. އަދި ވިލަން، ކޮމޮލިކާގެ ރޯލުން ފެނިގެންދާނީ ހީނާ ޚާން އެވެ. ބަޖާޖުގެ ރޯލަށް ބަރުން ސޮބްތީ ނަގާފައިވާކަމަށް ވާހަކަދެކެވުނު ނަމަވެސް އެ ހަބަރު ކަށަވަރުވެފައެއްނުވެ އެވެ.

"ކަސޯޓީ" އާ ސީޒަންގެ ޓީޒާ.

ސީޒަން އެކެއްގައި ޕްރޭނާގެ ރޯލު ކުޅުނީ ސްވެތާ ތިވާރީ އެވެ. އަނޫރާގްގެ ރޯލުން ސިޒޭން ޚާން ފެނިގެންދިޔައިރު، ކޮމޮލިކާގެ ރޯލު ކުޅުނީ އުރްވަޝީ ދޮލާކިއާ އެވެ. ފުރަތަމަ ސީޒަން ގެނެސްދިނީ 2001 އަކުން ފެށިގެން 2008 ގެ ނިޔަލަށެވެ.