overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ދީނީ އިލްމުވެރިންނަށް ދުވަހަކު ވެސް ނުލިބޭ ފަދަ މިނިވަންކަމެއް ރައީސް ދެއްވި: ޝަހީމް

ރާއްޖޭގެ ތާރީހުގައި ވެސް އިސްލާމީ ދައުވަތަށް މަގުފަހިވެފައި ނެތް މިންވަރަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދީނީ އިލްމުވެރިންނަށް މިނިވަންކަން ދީފައިވާނެ ކަމަށާއި ދީނީ ފަތުވާ ދީގެން އެއްވެސް އިލްމުވެރިއަކު ޖަލަށްލާ އަނިޔާކޮށްފައި ނުވާނެ ކަމަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ފުވަމުލަކު ސިޓީގައި ހުންނަވައިގެން މިރޭ ކުރެއްވި ޓްވީޓެއްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ތާރީހަށް ބަލާއިރު އިސްލާމް ދީން ދެމިއޮތީ ފިކުރީ ހަނގުރާމައާއި އަޅުވެތިކަމާ ދެކޮޅަށް ރަސްރަސްކަލުންނާއި ދީން ދެކެ ލޯބިވާ ހިތްވަރުގަދަ ވެރިން ކުރެއްވި ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ. އެގޮތުން ތާރީހުގައި ވެސް އިސްލާމީ ދައުވަތަށާއި ދީނީ ހޭލުންތެރި ކުރުވުމަށް ރާއްޖޭގެ ތާރީހުގައި ވެސް ދީފައި ނުވާ މިންވަރަށް ރައީސް ޔާމީންގެ ވެރިކަމުގައި އެތަށް ފުރުސަތުތަކަކާއި މިނިވަން ކަމެއް ދީފައިވާ ކަމަށާއި ދީނީ ފަތުވާ ދީގެން އެއްވެސް މީހަކު ޖަލަށްލާ އަނިޔާކޮށްފައި ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ކުރެއްވި ޓްވީޓް

ޝަހީމް އިތުރު ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އަރަބި ބަސް ދިރުވައި ޤުރުއާންގެ އިލްމު ފަތުރާ އިސްލާމީ ޔުނިވާސިޓީ އުފައްދާ ކުރު މުއްދަތެއްގައި ގިނަ މިސްކިތްތައް އަޅުއްވާ އަދި އިސްލާމީ ފައިނޭންސް މުއައްސަސާތައް އުފައްދާ އިސްލާމީ މަރުކަޒުތައް ބިނާކޮށް އިސްލާމިކް ފައިނޭންސް ސެންޓާ އުފައްދާ އެ ނިޒާމް ވަރުގަދަ ކުރެއްވި ރައީސް ޔާމީންއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ރައީީސް ޔަމީންގެ ރަނިން މޭޓްކަން ޝަހީމްއާ ހަވާލު ކުރީ އެންމެހާ އިސްލާމީ ކަންކަމާ ހަވާލުވެ ދީން ކުރިއެރުވުމަށެވެ.