overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިންތިހާބު ކާމިޔާބު ވާނެ ކަމުގެ އުންމީދު ފުވަމުލަކު ރައްޔިތުން އާކޮށްދީފި: ޝަހީމް

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ފުވަމުލަކު ސިޓީގެ ރައްޔިތުން އާކޮށްދީފި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފުވަމަލު ހޯދަނޑު އަވަށަށް ވަޑައިގެން އެ އަވަށުގެ އިސްރަށްވެހިންނާއި ބައެއް ޒުވާނުންނާ މިއަދު ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ފުވަމުލަކުގައި އެކި ގޭގޭގެ ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލު ކުރަމުން ގެންދެވި އިރު އެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންީ ހެޔޮ ޝުއޫރުތަކާއި ހިތްވަރާއި ހެޔޮ ބަސްތައް ކަމަށާއި ރައްޔިތުންނާ ބައްދަލު ކުރުމުން ވަރަށް ބޮޑު ހިތްހަމެ ޖެހުމެއް ލިބިވަޑައިގަތް ކަމަށެވެ. އަދި ރައްޔިތުން ހިއްސާ ކުރެއްވި ބަސްތަކަކީ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާއަށް ވެގެންދާނެ ކަމަށާއި އެ އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އާވެއްޖެ ކަމަށް ޝަހީމް ވިދާޅުވި އެވެ..

"އަޅުގަނޑުމެން މިއަވަށުން ދެވުނު ގިނަ ގޭގެއިން ލިބުނީ ހެޔޮ ބަސްތައް. ހެޔޮ ޝުުރުތައް. އަޅުގަނޑުމެން އެބޭފުޅުން ތާއީދު ކުރައްވަމުން ގެންދަވާ ވާހަކަ އަޅުގަނޑުމެންނަށް އިވެމުން ދިޔައީ. އެކަމަށްޓަކައި އަޅުގަނޑުމެން ވަރަށް އުފާ ކުރީމު،" ޝަހީމް ވިދާޅުވި އެވެ. "މިއަހަރުގެ ރިޔާސީ އިންތިޚާބު ވަރަށް ބޮޑު އަގުލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ އުންމީދު ވަރަށް ބޮޑަށް އާލާވެގެން ހިނގައްޖެ"

ޝަހީމް ވިދާޅުވީ ރައީސް ޔާމީން އާއި އެމަނިކުފާނު ހިންގަވާ ސަރުކާރު ބަދުނާމް ކުރުމަށް ތަފާތު ގިނަ ވާހަކަތަކެއް ފަތުރަމުން އަންނަ ކަމަށާއި އެކި ރޭވުންތަކުގެ ތެރެއިން ވެރިކަން ބަދަލު ކުރުމަށް މަސައްކަތްތަކެއް ވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވަނީ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ދަމަހައްޓަވާ އިތުރު ފަސް އަހަރަކަށް ކުރިމަތިލައްވާފައި ކަމަށާއި ރައްޔިތުން އެކަމާ ވިސްނާ ސުލްހަވެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށް އެމަނިކުފާނަށް ވޯޓު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރުގައި ރާއްޖެ އޮތީ ވަރަށް ނުތަނަވަސް ކަމެއްގެ ތެރޭގައި. ސިޔާސީ ގޮތުން ނުތަނަވަސް ކަމެއްގެ ތެރޭގައި. މާލޭގެ މަގުމަތީގައި ނުއެއް ހިނގޭ. މުޒާހަރާތައް އޮތީ، މީހުންގެ އަބުރާ ބެހުމާއި މީހުންނަށް ހުތުރު އެއްޗެތި ގޮވުމާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ދައުލަތުގެ މުދާ ކުޑަ ހިދުކޮޅެއްގެ ތެރޭގައި އަދާ އަޅިއަށް ވެފައިވަނީ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ފުވަމުލަކުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު މާދަމާ މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށް ރައީސް ޔަމީން ތ. އަތޮޅަށް ފުރާވަޑައިގަންނަވާނެ އެވެ.