ވިޔަފާރި

އިތާފުށީގައި ހަދާ ރިސޯޓުން ގިނަ ވަޒީފާތަކަށް ހުޅުވާލަނީ

Aug 13, 2018
1

މާލެ އަތޮޅު އިތާފުށި ހިއްކައިގެން ހަދާ، ވޯލްޑޯފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓަށް މުވައްޒަފުން ހޯދަން އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އިން ފުރައިގެން 20 މިނެޓުން ދެވޭ ހިސާބުގައި ތަރައްގީ ކުރާ މަތީ ފަންތީގެ އިތާފުށި ރިސޯޓަށް މުވައްޒަފުން ހޯދަން ބާއްވާ އޯޕަންޑޭ އޮންނާނީ އަންނަ ހަވަ ދުވަހާއި ހަތް ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާގިރި ހޮޓެލްގަ އެވެ.

އިތާފުށި ރިސޯޓަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު އަލީ ޖަނާހު އާއި ގަތަރުގެ މަހުޖަނެއް ގުޅިގެން ހަދާ ރިސޯޓެވެ.

ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ހިންގާ ވޯލްޑޯފް އެސްޓޯރިއާ އިން އިތާފުށީގައި ތަރައްގީ ކުރާ މި ރިސޯޓުގެ ތިން ރަށުގައި 138 ޓޫރިސްޓު ވިލާ ހުރެ އެވެ. މީގެ އިތުރުން ތަފާތު ކެއުންތަކަށް ހާއްސަ ހަ ރެސްޓޯރެންޓާއި ކެފޭ އަދި ބާ ވެސް ހުންނާނެ އެވެ. މި ރިސޯޓު ހުޅުވާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ.