overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސައްހަކަން ކަށަވަރުކޮށްފަ ނޫނީ ވޯޓާސް ލިސްޓްގައި ސޮއިނުކުރާނަން: އިބޫ

ނޮޅިވަރަމުން: ނާޒިމް ހަސަން
Aug 14, 2018
6

އަންނަ ރިޔާސީ އިންތިހާބު އޮޅުވާލުމަށް ރައީސް އަބްދުﷲ ޔާމީން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށާއި ވޯޓުލާ މީހުންގެ ލިސްޓްގައި ކުޑަ މައްސަލައެއް އުޅޭ ނަމަވެސް ސޮއި ނުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅަށް މިހާރު އިބޫ ކުރައްވާ ދަތުރުގައި ނޮޅިވަރަމަށް މިއަދު ހެނދުނު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވަނީ ވޯޓާސް ލިސްޓް ވީއެންމެ އަވަހަކަށް އާންމު ކުރެއްވުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާފަ އެވެ.

ރީ ރަޖިސްޓްރީކުރުން މިހާރު ނިމިފައިވާއިރު 90،000 އަށްވުރެ މީހުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ވަނީ ރީ ރަޖިސްޓްރީކުރަން ހުށަހަޅާފަ އެވެ. މިހާރު އާންމުކޮށްފައިވާ ވޯޓުލާ މީހުންގެ ލިސްޓަށް ރީ ރަޖިިސްޓްރީކުރުމުން އަންނަ ބަދަލުތަކާއެކު އިލެކްޝަން ކޮމިޝަނުން އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ.

އިބޫ ވިދާޅުވީ، އިންތިހާބު އޮޅުވާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަމަށް އިދިކޮޅު ޕާޓީތަކުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. ރައްޔިތުން ވެސް ތިބެންޖެހެނީ ފާރަވެރިވެ ކަމަށާއި ވޯޓުލާ މީހުންގެ ލިސްޓް ބަދަލުތަކާއެކު އާންމުކުރުމުން އެންމެން ވެސް ލިސްޓް ޗެކްކޮށް އެއްވެސް މައްސަލައެއް އުޅޭނަމަ އެ ޝަކުވާއެއް ހިއްސާކުރެއްވުމަށް އެދިވަޑައިގަތެވެ.

ވޯޓާސް ލިސްޓް ލިބޭނީ ކެންޑިޑޭޓުން ސޮއިކުރެއްވުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް ހަގީގަތް ނޭނގޭ އެއްޗެއްގައި ސޮއި ނުކުރެއްވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ލިސްޓްގެ ސައްހަ ކަމާމެދު އެއްވެސް ވަރަކަށް ސުވާލު އުފެދޭނަމަ ލިސްޓްގައި ސޮއި ނުކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އެންމެފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގައިވާ ގޮތުން
އިންތިހާބުގައި ވާދަކުރައްވައި ކެންޑިޑޭޓުން ވޯޓުލާ މީހުންގެ ލިސްޓްގައި ސޮއިކުރަން ޖެހެ އެވެ.